ޚަބަރު
ބ. މާޅޮހުގައި ޢިމާރާތްކުރާ މިސްކިތުގެ އަދާހަމަ: ފައުންޑޭޝަންގެ މަސައްކަތް ކުރިއަށް
ބ. މާޅޮހުގައި ޢިމާރާތްކުރަމުންދާ މިސްކިތް.
ފަރުދުން
08 ޑިސެމްބަރު 2025، 04:35
08 ޑިސެމްބަރު 2025، 04:35
ބ. އަތޮޅު މާޅޮހުގައި ތަރައްޤީކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތާއި، ބީމް ޝަޓަރކުރުމުގެ މަސައްކަތް ކަމަށް، މަސައްކަތް ޙަވާލުކުރެވިގެންވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އިން ބުނެފިއެވެ.
މާޅޮހުގައި ބިނާކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ އޯގަސްޓު މަހު އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެެރެއިންނެވެ. މިސްކިތުގެ ޢަމަލީ މަސައްކަތް ފެއްޓެވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މިހާރު ބިނާކުރާ މިސްކިތްތަކުގައި ސޯލާއާއި އެއާ ކޮންޑިޝަނިންގ ހަރުކޮށް ވިނައިލް ފްލޯރިންގ އަޅާނެ ކަމަށެވެ. އަދި ޤުރްއާން ކިޔަވައިދޭ ކުލާހެއް މިސްކިތުގައި ހަދާނެ ކަމަށެވެ.
ރަށްރަށުގައި ޒަމާނީ މިސްކިތްތައް ބިނާކޮށް، އެ ތަންތަނުގައި ކީރިތި ޤުރްއާން ކިޔަވައިދީ، ދީނީ މަޢުލޫމާތު ފެތުރުމުގެ މަގު ފަހިކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
ހަތްސަތޭކަ މީހުންގެ އާބާދީއެއް އޮންނަ މާޅޮހުގައި ކުރިއަށްގެންދާ ތަރައްޤީގެ މި މަޝްރޫޢަކީ، އެ ރަށުގެ ކުރިއެރުމަށް މުހިއްމު މަޝްރޫޢެއް ކަން ޔަޤީނެވެ.
Project Update: Construction of B. Maalhos 500 Pax Mosque
— MTCC Plc (@MTCCPlc) December 8, 2025
Foundation concrete works and beam shuttering works are currently ongoing at the project site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/RtgsJffXSC