ދުނިޔެ

ގަދަޔަށް ވިދާ ގުގުރާނެކަމަށް ލަފާކުރެވޭތީ ލަންކާގެ 7 ޑިސްޓްރިކްޓަކަށް ރަތް ސަމާލު!

ގަދަޔަށް ވިދާ ގުގުރާނެކަމަށް ލަފާކުރެވޭތީ ލަންކާގެ 7 ޑިސްޓްރިކްޓަކަށް ރަތް ސަމާލު!

ވިދާ މަންޒަރު/ފޮޓޯ: ދަޕްރެސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ޑިސެމްބަރު 2025، 05:44

08 ޑިސެމްބަރު 2025، 05:44

ގަދަޔަށް ވިދާ ގުގުރާނެކަމަށް ލަފާކުރެވޭތީ ސްރީލަންކާގެ 7 ޑިސްޓްރިކްޓަކަށް އެ ޤައުމުގެ ޑިޕާޓްމެންޓް އޮފް މީޓިއޮރޮލޮޖީން ރަތް ސަމާލު ނެރެފިއެވެ.

ޑިޕާޓްމެންޓް އޮފް މީޓިއޮރޮލޮޖީން ރަތް ސަމާލު ނެރިފައިވަނީ، ލަންކާގެ ދެކުނުގެ ޕްރޮވިންސްތަކުގެ ސަބަރަގަމުވާ އަދި ކަލުތަރާގެ ކޮލަމްބޯ ޑިސްޓްރިކްޓްތަކަށެވެ.

މިއަދު މެންދުރު 11:00 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާ އެޑްވައިޒަރީގައިވާ ގޮތުން 7 ޑިސްޓްރިކްޓަކަށް ރަތް ސަމާލު ވަނީ ނެރެފައެވެ. ހަމަ އެހެންމެ، ފަސް ޑިސްޓްރިކްޓަކަށް އަމްބަރ އެލާޓް ނެރެފައިވާއިރު، މި ޑިސްޓްރިކްޓްތަކުގައި ގަދަޔަށް ވިދާ، ގުގުރުން އެކަށީގެންވާތީ، މިކަމުން ލިބޭ ގެއްލުން އެންމެ ކުޑަކުރުމަށް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޢާންމުންނަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ މިހާރު ވަނީ އަންގާފައެވެ.

ލަންކާއަށް އެރި ތޫފާން "ޑިޓްވާ" ގެ ސަބަބުން އެޤައުމުގެ މޫސުން ވަރަށް ބޮޑަށް ގޯސްވިއެވެ. އަދި މިހާރު މަޑު މަޑުން އެ ޤައުމުގެ މޫސުން ރަނގަޅުވަމުން އައި ނަމަވެސް، އަދިވެސް އެ ތޫފާނުގެ އަސަރުތައް އެ ޤައުމުން ދަނީ ފެންނަމުންނެވެ. އަދި މި ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު 627 އަށް އަރާފައިވާއިރު، 190 މީހުން ވަނީ ގެއްލިފައެވެ.

މި ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ ކެންޑީ ޑިސްޓްރިކްޓަށެވެ. އެގޮތުން، އެ ޑިސްޓްރިކްޓުގެ 1،800 ގެއެއް އެއްކޮށް ހަލާކުވިއިރު، 13،000 އަށް ވުރެ ގިނަ ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން