Ads by Stelco

ޚަބަރު

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް ނިންމައި، ޢާންމުންނަށް ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް ނިންމައި، ޢާންމުންނަށް ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގު ޢާންމުންނަށް ހުޅުވާލުން/ފޮޓޯ: ވަގުތު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ޑިސެމްބަރު 2025، 07:01

08 ޑިސެމްބަރު 2025، 07:01

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް ނިންމައި، ޢާންމުންނަށް ހުޅުވާލައިފިއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވީ، ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމައި މިއަދު ޢާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

މި މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދުއްވާ ފަރާތްތަކަށާއި ހިނގާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލްއާ ހަމައަށެވެ. މި ފިޔަވަހި ކުރިއަށްގެންދަނީ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

ތާރުއެޅުމުގެ މަސައްކަތް ސެގްމަންޓް 1 ގައި ނިންމާލާފައިވާއިރު، ސެގްމަންޓް 1 ގެ މަސައްކަތް ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ 130 މީޓަރުގެ ސަރަޙައްދެކެވެ. މަގު ތަރައްޤީކުރުމަށްޓަކައި، އެ ސަރަޙައްދުގެ އެއްގަމު ތޮށި ވަނީ މަގު ފުޅާކުރުމަށްޓަކައި 6 މީޓަރު ބޭރަށް ޖައްސައިގެން ތަރައްޤީކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން މަގު ތަރައްޤީކުރަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުއެވެ. މުޅި މި މަޝްރޫޢުގެ 5 ސެގްމަންޓްގައި ޖުމްލަ 830 މީޓަރުގެ މަގު ތަރައްޤީކުރެއެވެ. މަސައްކަތްތައް އަވަސްކުރުމަށްޓަކައި އެމްޓީސީސީން 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނައިރު، 4 ލޭނަކަށް ތަރައްޤީކުރާ މިމަގުގެ މަސައްކަތް ނިމޭއިރު، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ބޮޑު ތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއް އަހަރާއި ތިން މަސްތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144.5 މިލިޔަން ރުފިޔާއަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން