Ads by Stelco

ޚަބަރު

މޯލްޑިވިއަނުން މަޑިވަރަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފި

މޯލްޑިވިއަނުން މަޑިވަރަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފި

މޯލްޑިވިއަން ފްލައިޓެއް ވެލާނާ އެއާރޕޯޓުގައި / ފޮޓޯ: މޯލްޑިވިއަން

farudhun logo

ފަރުދުން

08 ޑިސެމްބަރު 2025، 07:49

08 ޑިސެމްބަރު 2025، 07:49

ޤައުމީ އެއާރލައިން، މޯލްޑިވިއަނުން ފާދިއްޕޮޅު މަޑިވަރަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، އެ އެއާރލައިނުން ވަނީ މި މަހުގެ 22ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު މަޑިވަރަށް ކުރާ ދަތުރުތަކުގެ އަދަދު 3އަށް އިތުރު ކުރުމަށެވެ. 

އެގޮތުން ޑިސެންބަރު 22އިން ފެށިގެން ބުދަ ދުވަހާއި ހޮނިހިރު ދުވަހުގެ އިތުރުން، ކޮންމެ ހޯމަ ދުވަހެއްގައި ވެސް މަޑިވަރަށް ދަތުރުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވިއަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މަޑިވަރަށް ދިއުމުގެ އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 799 ރުފިޔާއިންނެވެ.



ވައިގެ މަގުން ދިވެހިރާއްޖެ ގުޅުވާލުމަށް މޯލްޑިވިއަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އަންނަ މަހު ނ. އަތޮޅު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން ވެލިދޫއަށް ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުގެ 23ވަނަ ދުވަހުން ފެށިގެންނެވެ. އަދި މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، އެ ރަށަށް ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހާއި ހުކުރު ދުވަހު ޝެޑިއުލް ދަތުރުތައް އޮންނާނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން