ކުޅިވަރު
ދިވެހިންނަށް މި ފަހަރު ވޯލްޑް ކަޕް ބަލަން އެހާ ފަސޭހައެއް ނުވާނެ
2006ވަނަ އަހަރު އޮތް ވޯލްޑް ކަޕް ފައިނަލްގައި އިޓަލީގެ ގަޓޫސޯ (ކ) އަދި ޕިރްލޯ (ވ) ކައިރިން ބޯޅަ ހިފައިގެން ޒިދާން (މ) ދަނީ---
ފީފާ ވޯލްޑް ކަޕަކީ ދުނިޔެއަށް އަންނަ ފުޓުބޯޅައިގެ އީދެކެވެ. މިއީ ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ވެސް ވަގުތު ހޯދައިގެން ބަލާ، ޝައުގުވެރި މުބާރާތެކެވެ. ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތްތާއެވެ.
ކަންމިހެން އޮތް ނަމަވެސް، މި އަންނަ އަހަރު އޮންނަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ކުޅޭނީ އެމެރިކާ ބައްރުގައި ކަމުން، އެކަމަށް ވަރަށް ތައްޔާރުވެގެން ނޫނިއްޔާ މަދު މެޗެއް ފިޔަވާ އެހެން ހުރިހާ މެޗެއް ދިވެހީންނަށް ގެއްލޭނެއެވެ. ސަބަބަކީ މެޗު ކުޅޭ ވަގުތެވެ. އެމެރިކާ، ކެނަޑާ އަދި މެކްސިކޯއަކީ ދުނިޔޭގެ އަނެއް ބިތް ކަމުން، ގިނަ މެޗުތައް ކުޅޭނީ ދިވެހިން ނިދާ ގަޑި އާއި ސްކޫލްތަކަށް ކުދިން ގެންދާ ގަޑި އަދި މަދު މެޗެއް ރަސްމީ އޮފީސް ގަޑީގައެވެ.
އެގޮތުން ވޯލްޑް ކަޕްގެ ފުރަތަމަ މެޗު އޮތީ މެކްސިކޯގައެވެ. އެ މެޗުގައި، ޖޫން 12ވަނަ ދުވަހު ބައްދަލުކުރާނީ މެކްސިކޯ އާއި ސައުތު އެފްރިކާއެވެ. ދެން ދިވެހީންގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބަލާނެކަމަށް ބެލެވޭ 6 ޤައުމު ކަމުގައިވާ، ބްރެޒިލް، ޕޯޗުގަލް، ސްޕެއިން، އާރޖެންޓީނާ އިންގްލެންޑް އަދި ފްރާންސްގެ މެޗުތައް ކުޅޭ ގަޑިތަކަށް ބަލާލާނަމެވެ.
ބްރެޒިލްގެ މެޗުތައް ކުޅޭ ގަޑިތައް:
މޮރޮކޯ އަދި ބްރެޒިލް – 03:00
ބްރެޒިލް އަދި ހެއިޓީ - 06:00
ބްރެޒިލް އަދި ސްކޮޓްލަންޑް - 06:00
ސްޕެއިންގެ މެޗުތައް ކުޅޭ ގަޑިތައް:
ސްޕެއިން އަދި ކެބޯ ވާޑެ – 21:00
ސްޕެއިން އަދި ސައުދީ އަރަބިއްޔާ – 21:00
ސްޕެއިން އަދި އުރުގުއޭ – 05:00
ފްރާންސްގެ މެޗުތައް ކުޅޭ ގަޑިތައް:
ފްރާންސް އަދި ސެނެގާލް – 00:00
ފްރާންސް އަދި (ކޮލިފިކޭޝަން ފަހު ބުރަށްފަހު ޖާގަ ހޯދާ ޓީމު) – 02:00
ފްރާންސް އަދި ނޯވޭ – 00:00
އާޖެންޓީނާގެ މެޗުތައް ކުޅޭ ގަޑިތައް:
އާޖެންޓީނާ އަދި އަލްޖީރިއާ – 06:00
އާޖެންޓީނާ އަދި އޮސްޓްރިއާ – 22:00
އާޖެންޓީނާ އަދި އޮސްޓްރިއާ – 07:00
ޕޯޗުގަލްގެ މެޗުތައް ކުޅޭ ގަޑިތައް:
ފޯޗުގަލް އަދި (ކޮލިފިކޭޝަން ފަހު ބުރަށްފަހު ޖާގަ ހޯދާ ޓީމު) – 22:00
ފޯޗުގަލް އަދި އުޒްބެކިސްތާން – 22:00
ފޯޗުގަލް އަދި ކޮލަމްބިއާ – 04:30
އިންގްލެންޑުގެ މެޗުތައް ކުޅޭ ގަޑިތައް:
އިންގްލެންޑް އަދި ކްރޮއޭޝިއާ – 01:00
އިންގްލެންޑް އަދި ގާނާ – 01:00
އިންގްލެންޑް އަދި ޕެނަމާ – 02:00
ވޯލްޑް ކަޕްގެ ތާވަލު އެތުރިފައިވާ ގޮތުން، ދިވެހީންނަށް އެންމެ އުނދަގޫ ވާނީ ފްރާންސް އަދި އިންގްލެންޑުގެ މެޗުތައް ބަލާށެވެ. އެގޮތުން ފްރާންސްގެ ދެ މެޗެއް ދަންވަރު 12 ޖަހާއިރު ކުޅޭއިރު، އެއް މެޗު މެންދަމު 2 ޖަހާއިރު ވެސް ކުޅޭނެއެވެ. އަދި އިންގްލެންޑުގެ ދެ މެޗެއް މެންދަމު 1 ޖަހާއިރު އަދި އަނެއް މެޗު އޮތީ މެންދަމު 2 ޖަހާއިރެވެ.
ގްރޫޕް ސްޓޭޖުގައި އެންމެ ފަސޭހަކޮށް ބެލޭނީ ސްޕެއިން އަދި ޕޯޗުގަލްގެ ގިނަ މެޗުތަކެވެ. އެގޮތުން ސްޕެއިންގެ ދެ މެޗެއް ރޭގަނޑު 9 ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާއިރު، ޕޯޗުގަލްގެ ދެ މެޗެއް ރޭގަނޑު 10 ޖަހާއިރު ކުޅޭނެއެވެ.
އަދި އާޖެންޓީނާގެ ގްރޫޕް ސްޓޭޖު މެޗުތަކުގެ ތެރެއިން އެންމެ ފަސޭހަ ވާނީ އެ ޓީމާއި އޮސްޓްރިއާ ކުޅޭ މެޗު ބެލުމަށެވެ. އެ މެޗު ފަށާނީ ރޭގަނޑު 10 ޖަހާއިރެވެ.
މުބާރާތުގެ ސެމީފައިނަލް ދެ މެޗާއި ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ދަންވަރު 12 ޖަހާއިރެވެ.