Ads by Stelco

ޚަބަރު

ޓާސްކް ފޯސްއިން ހުޅުމާލޭގެ 4 ތަނެއް ބަލާފާސްކޮށް ބިދޭސީއަކު ގެންގޮސްފި

ޓާސްކް ފޯސްއިން ހުޅުމާލޭގެ 4 ތަނެއް ބަލާފާސްކޮށް ބިދޭސީއަކު ގެންގޮސްފި

ޓާސްކް ފޯސްއިން ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން / ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

farudhun logo

ފަރުދުން

09 ޑިސެމްބަރު 2025، 06:47

09 ޑިސެމްބަރު 2025، 06:47

ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް އިޤްތިޞާދީ ވުޒާރާއާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، ހޯމަ ދުވަހުގެރޭ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ 4 ތަނެއް ބަލައި ފާސްކޮށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަންގެ ތެރެއިން 3 ބިދޭސީއަކަށް ވަނީ ނޯޓިސް ދީފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.



ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

އެގޮތުން އާންމު ސާފުތާހިރުކަމަށް ބެލުމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދާކަމަށް ލިބުނު މަޢުލޫމާތާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެރޭ މާލޭގެ ދިލްކުޝާ ގޯޅީގައި ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. އަދި ހަމަ އެ ރޭ ބިދޭސީން ދިރިއުޅެމުންދިޔަ 4 އޮމޮޑޭޝަނެއް ޗެކްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 18 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދިއުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން