Ads by Stelco

ޚަބަރު

މެންދުރާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

މެންދުރާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު---

farudhun logo

ފަރުދުން

09 ޑިސެމްބަރު 2025، 07:05

09 ޑިސެމްބަރު 2025، 07:05

މިއަދުގެ މެންދުރާ ހަމައަށް، އައްޑު އަތޮޅާއި ފުވައްމުލަކު ސިޓީ ފިޔަވައި އެހެން ހުރިހާ ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދުގެ ހެނދުނު 6:30އިން ފެށިގެން މެންދުރު 12:30އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެއެވެ. އެހެންކަމުން، ހއ. އަތޮޅުން ފެށިގެން ގދ އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

އެ އިދާރާއިން އިތުރަށް ބުނީ، އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. 


މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހޯމަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، މިއަދާ ހަމައަށް  އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ. ނަމަވެސް ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި މެދުރާއްޖޭގެ ކަނޑުތައް ގަދަވެ، އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާ ކައިރިން ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ ތޫފާނަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށް ވިދާޅުވެފައެވެ. މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން