Ads by Stelco

ޚަބަރު

ނ. މަނަދޫ އައު މިސްކިތް ރަސްމީކޮށް ހުޅުވައިފި

ނ. މަނަދޫ އައު މިސްކިތް ރަސްމީކޮށް ހުޅުވައިފި

ނ.މަނަދޫގައި އައު މިސްކިތް ހުޅުވުން. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޑިސެމްބަރު 2025، 10:23

09 ޑިސެމްބަރު 2025، 10:23

ނ. މަނަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ، މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.

މި މިސްކިތަކީ އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ހުޅުވުމާއެކު އެރަށުގެ ރައްޔިތުންނަށް ނަމާދުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެއެވެ.

މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިއްޔެ އެރަށުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ. މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. މި މަސައްކަތް ހަވާލުކުރެވިފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތުގެ ދުވެލި އަވަސްކޮށް، ވީހާވެސް އަވަހަށް އެ މަޝްރޫޢުތައް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން 15 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާކަން ސްޓޭޓް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް ދީނީ އަޅުކަންތައްތައް ފުރިހަމަކުރުމަށް އިތުރު ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން