Ads by Stelco

ޚަބަރު

ޕަބްލިކް ހެލްތް ކޮންފަރެންސް 2025 ފަށައިފި

ޕަބްލިކް ހެލްތް ކޮންފަރެންސް 2025 ފަށައިފި

ޕަބްލިކް ހެލްތް ކޮންފަރެންސް ފެށުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޑިސެމްބަރު 2025، 11:12

09 ޑިސެމްބަރު 2025، 11:12

ވިލާ ނޯޓިކާގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޕަބްލިކް ހެލްތް ކޮންފަރެންސް 2025 ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

މި ކޮންފަރެންސް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް އެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޢާއްމު ޞިއްޙަތަށް އަސަރު ކުރާ މުހިއްމު ކަންކަމާ ގުޅޭގޮތުން ތަޖުރިބާއާއި މަޢުލޫމާތު ބަދަލުކޮށް، ޙައްލު ހޯދުމަށް މަޝްވަރާކުރުމެވެ.

މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ ‘Equitable Access, Reducing Vulnerabilities: Advancing Migrant Health in the Maldives’ އެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދެވެނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އާއި ޞިއްޙީ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެންނެވެ. މީގެ އިތުރުން، އިންޓަރނޭޝަނަލް އޮފިސް އޮފް މައިގްރޭޝަން (އައި.އޯ.އެމް)، ސާރކް ޑިވެލޮޕްމަންޓް ފަންޑު އަދި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ އެހީތެރިކަން ވެސް މި ކޮންފަރެންސަށް ލިބިފައިވެއެވެ. ދެ ދުވަހުގެ މި ކޮންފަރެންސްގައި ސަރުކާރުގެ މުއައްސަސާތަކުންނާއި، އަމިއްލަ ކުންފުނިތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުން 100އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ކޮންފަރެންސްގައި ބޮޑު ސަމާލުކަމެއް ދީފައިވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙީ ކަންކަމަށެވެ. ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ 4 މީހަކުން އެކަކަކީ ބިދޭސީން ކަމަށްވާއިރު، ރާއްޖޭގެ މަސައްކަތްކުރާ އާބާދީގެ %43އަކީ ބިދޭސީންނެވެ. އެހެންކަމުން، ރާއްޖޭގައި ދިރިއުޅޭ އެންމެންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ބިދޭސީންގެ ޞިއްޙަތު ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ.

ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި، ރާއްޖޭގައި ކޮންޓްރޯލްވެފައިވާ ނުވަތަ ނައްތާލެވިފައިވާ ގައިންގަޔަށް އަރާ ބަލިތައް، ބިދޭސީން އަންނަ ގައުމުތަކުގައި އަދިވެސް ފެތުރެމުންދިއުމަކީ ހިމެނެއެވެ. މީގެ އިތުރުން، ބިދޭސީން ދިރިއުޅޭ މާހައުލުގެ ހާލަތާއި، ވިސާ ނެތި އުޅުމާއި، މާލީ ހާލަތު އަދި މުޖުތަމައުގައި ކުރިމަތިވާ ތަފާތުކުރުންތަކަކީ އެމީހުންނަށް ޞިއްޙީ ޚިދުމަތްތައް ލިބުމަށް ހުރަސް އަޅާ ކަންކަމެވެ.

މި ހުރަސްތަކުން އަރައިގަނެ، ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން މި އަހަރު ވަނީ 'މައިގްރަންޓް ހެލްތު ޕޮލިސީ' ތަންފީޒުކުރަން ފަށާފައެވެ. މި ކޮންފަރެންސްގެ ތެރެއިން، މި ޕޮލިސީގައި ހިމެނޭ 5 ދާއިރާގެ ތެރެއިން 3 ދާއިރާގައި ހުރި ކަންކަމާ މެދު މަޝްވަރާކޮށް، ޕޮލިސީ ތަންފީޒު ކުރުމަށް ހަރުދަނާ ހުށަހެޅުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މި ފޯރަމްގެ ސަބަބުން އާންމު ޞިއްޙަތުގެ ކަންކަމަށް ޙައްލު ހޯދުމަށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ތަފާތު ދާއިރާތަކުގެ މާހިރުންނަށް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން