Ads by Stelco

ޚަބަރު

ނ. މަނަދޫގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމް 7 ބައިވެރިން ފުރިހަމަކޮށްފި

ނ. މަނަދޫގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމް 7 ބައިވެރިން ފުރިހަމަކޮށްފި

ޒުވާން ޚަޠީބުން ތަމްރީނުކުރުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 ޑިސެމްބަރު 2025، 12:51

09 ޑިސެމްބަރު 2025، 12:51

ނ. މަނަދޫގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމް 7 ބައިވެރިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގުރާމު ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ރޭ އެރަށުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ. އެގޮތުން، މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީ ކަންތަައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ. މަނަދޫގައި ބޭއްވުނު ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކޮށް 7 ބައިވެރިން ސަނަދު ހާޞިލުކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚަޠީބުންގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގުރާމެކެވެ.

އެގޮތުން، މި ޕްރޮގުރާމުގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީންކުރެވިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން