Ads by Stelco

ޚަބަރު

ފުވައްމުލަކުގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

ފުވައްމުލަކުގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

މަސައްކަތުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 ޑިސެމްބަރު 2025، 01:50

09 ޑިސެމްބަރު 2025، 01:50

ޏ. ފުވައްމުލަކުގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ޤާއިމުކުރުމަށް ބޭނުންވާ ބިންގާ އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތަކީ ރަށުގެ ކަރަންޓު ގްރިޑަށް އައު ދެމިހުންނަނިވި ހަކަތަ ގުޅާލުމާއި، ކަރަންޓު ނިޒާމުގެ ހަމަޖެހުން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބެޓެރީ ސިސްޓަމް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގެ ކަރަންޓު ސްޓޭޝަން ގޯތިތެރޭގައި ކަމަށެވެ. އަދި ކަރަންޓު ސްޓޭޝަން ގޯތިތެރޭގައި މި ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ރަށުގެ ކަރަންޓު ގްރިޑަށް މި ސިސްޓަމް ގުޅާލުން ފަސޭހަވެ، ހަކަތަ މެނޭޖުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

2 މެގަވޮޓް ހަވަރެއްގެ މި ބީ.އީ.އެސް.އެސް ސިސްޓަމަކީ، 2 މެގަވޮޓްގެ ސޯލާ ޕީ.ވީ (ފޮޓޯވޮލްޓައިކް) ސިސްޓަމްތަކަށް ބާރުދިނުމަށްޓަކައި ބޭނުންކުރެވޭނެ ސިސްޓަމެއްކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، މިކަމުގެ ސަބަބުން ފުވައްމުލަކުގެ ހަކަތަ ފޯރުކޮށްދޭ ނިޒާމުގައި ސޯލާ ހަކަތައިގެ ބައި އިތުރުކޮށް، ސާފު ހަކަތައިގެ ބޭނުން އިތުރަށް ހިފުމަށް މަގުފަހިވާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. 

މިއީ ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތަކުގައި އައު ދެމިހުންނަނިވި ހަކަތައިގެ މަޝްރޫޢުތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން