ޚަބަރު
މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި "މަސްވެރީންގެ ގުންޒަރެއް" ބާއްވަނީ
މި އަހަރުގެ މަސްވެރީންގެ ދުވަހުގެ ޙަރަކާތްތައް ރ. ދުވާފަރުގައި ބޭއްވުމަށް ތައްޔާރުވަނީ.
ފަރުދުން
09 ޑިސެމްބަރު 2025، 02:30
09 ޑިސެމްބަރު 2025، 02:30
މި އަހަރުގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، "މަސްވެރީންގެ ގުންޒަރެއް" ރ. އަތޮޅު ދުވާފަރުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މާދަމާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ގުންޒަރަކީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ބާއްވާ ޚާއްޞަ ޙަރަކާތެކެވެ.
އެހެނިހެން އަހަރުތަކެކޭ ވެސް އެއްފަދައިން، މި އަހަރުގެ ގުންޒަރުގައި ދިވެހިރާއްޖޭގެ އެކިއެކި އަތޮޅުތަކުގެ މަސްވެރީންނާއި، މި ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތައް ބައިވެރިވާނެއެވެ. އެ ގޮތުން، މި ގުންޒަރުގެ ބައިވެރީން މިހާރު ވަނީ ދުވާފަރަށް ގޮސްފައެވެ.
މަސްވެރީންގެ ދުވަހާ ގުޅިގެން ދުވާފަރުގައި އިތުރު ޙަރަކާތްތަކެއް ވެސް ރާވާފައިވެއެވެ. އެ ގޮތުން، ދުވާފަރުގައި ބާއްވާ "މަސްކެނޑުމުގެ މުބާރާތް" ޑިސެމްބަރު މަހު 13ވަނަ ދުވަހު އޮންނާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި މި މުބާރާތަކީ ދެ ޖިންސުގެ މީހުންނަށް ވެސް ބައިވެރިވެވޭނެ މުބާރާތެއް ކަމަށް ފާހަގަކޮށްފައި ވެއެވެ.
މަސްވެރީންގެ ދުވަހާ ގުޅިގެން ބާއްވާ ގުންޒަރުގައި އެންމެ މޮޅު ތިން ފަރާތެއް ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން، އެއްވަނައަށް 3000ރ، ދެވަނައަށް 2000ރ، އަދި ތިންވަނައަށް ހޮވޭ ފަރަތާތަކަށް 1000ރ ދިނުމަށް ހަމަޖެހިފައިވެއެވެ.
ރާއްޖޭގައި ޤައުމީ ފެންވަރުގައި މަސްވެރީންގެ ދުވަސް އިޙުތިފާލުކުރުމުގެ މަޤުޞަދަކީ، މަސް ބޭނުމާ ގުޅޭ ގޮތުން އުވެމުން ދާ ޘަޤާފަތްތައް ދިވެހީންގެ ތެރޭގައި އަލުން ދިރުވުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.