Ads by Stelco

ޚަބަރު

ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން އާއި ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ

ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން އާއި ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ

ރަސްމާލެ ތަރައްޤީގެ ކުރެހުމެއް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 ޑިސެމްބަރު 2025، 03:10

09 ޑިސެމްބަރު 2025، 03:10

ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި އެވެ.

މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ކުރި އިޢުލާންގައި ވަނީ، ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާފަ އެވެ. އެގޮތުން، މި މަސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ. އަދި މި މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ވެރިކަންކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުން ކަމަށާއި، މި މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށަހަޅަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، މި ޚިދުމަތްދޭނެ ފަރާތެއް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައިވާ ކްރައިޓީރިއާ ޓާމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ހިމެނިފައިވާނެ ކަމަށާއި، ކޮންސަލްޓަންޓެއް ހޮވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.  އަދި މި މަސައްކަތާއި ގުޅޭ (ޓީ.އޯ.އާރް) އެވުޒާރާގެ ވެބްސައިޓް www.finance.gov.mv އިން 9 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، މިމަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެހެންކަމުން، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޑިސެންބަރު 2025 ވާ ބުދަ ދުވަހު 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް"، މި އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުމަށް މާލީ ވުޒާރާއިން ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން