ދުނިޔެ

ނިރުބަވެރި އިސްރާއީލަށް މޫސުން ގޯސްވެ، އެޤައުމުގެ މަތީގައި ބާރުގަދަ ތޫފާނެއް!

ނިރުބަވެރި އިސްރާއީލަށް މޫސުން ގޯސްވެ، އެޤައުމުގެ މަތީގައި ބާރުގަދަ ތޫފާނެއް!

އިސްރާއީލަށް ވިއްސާރަކުރުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 ޑިސެމްބަރު 2025، 04:01

09 ޑިސެމްބަރު 2025، 04:01

ނިރުބަވެރި އިސްރާއީލަށް މޫސުން ގޯސްވެ، އެޤައުމުގެ މަތީގައި ބާރުގަދަ ތޫފާނެއް އުފެދިއްޖެއެވެ.

އިސްރާއީލްގެ މަތީގައި އުފެދިފައިވާ މި ތޫފާނަށް ދީފައިވާ ނަމަކީ "ބައިރޮން" އެވެ. އިސްރާއީލުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، މި ތޫފާން އިއްޔެގެ ވަޤުތެއްގައި އިސްރާއީލުގެ އައްސޭރިފަށާ އަރާ ހަމަވެފައިވާ ކަމަށެވެ. އަދި އިސްރާއީލަށް ބޯކޮށް ވާރޭވެހި، ގުގުރުމާއި ގުޅިގެން އެޤައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އެކި ކަހަލަ އިންޒާރުތައް ނެރެފައެވެ. އެ އިދާރާއިން އިތުރަށް ބުނީ، މާދަމާގެ ވަޤުތެއްގައި މުޅި އެޤައުމަށް އެ ތޫފާނު އަރާނެ ކަމަށެވެ.

މި ތޫފާނަކީ، ގްރީސް އާއި ސައިޕްރަސްއަށް އެރުމަށްފަހު އިސްރާއީލަށް ފޯރާފައިވާ ތޫފާނެއް ކަމަށާއި، ތޫފާނުގެ ސަބަބުން 10-20 ސެންޓިމީޓަރުގެ ވާރޭ ވެހުމާއެކު ފެންބޮޑުވުމުގެ ހާޙާދިސާތައް ހިނގާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާ ކޮށްފައެވެ. އަދި ތޫފާނުގެ ސަބަބުން  މާދަމާ އިސްރާއީލަށް ގުރުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް އެޤައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މި ތޫފާން މީގެ ކުރިން މެޑިޓެރޭނިއަންގެ ބައެއް ޤައުމުތަކަށް އަރާފައިވާއިރު، ތޫފާނުގެ ސަބަބުން އެޤައުމުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން