ޚަބަރު
ބީސީސީގެ ޗެއާޕާސަން ކަމަށް އާސަންދަ ކުންފުނީގެ ޗެއާޕާސަން ކަމުގެ މަޤާމުގައި ކުރިން ހުންނެވި ޝަހީދު ޢައްޔަންކޮށްފި
ޝަހީދު މުޙައްމަދު/ފޮޓޯ: އާސަންދަ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ޝަހީދު މުޙައްމަދު ޢައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީ އިން "އެކްސް" ގައި ހިއްސާކުރި ޕޯސްޓެއްގައި ހާމަކުރީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މަޤާމަށް ޢައްޔަނުކޮށްފައި ވަނީ، ގއ.ވިލިނގިލި، ވައިޖެހޭގެ، އަލްފާޟިލް ޝަހީދު މުޙައްމަދު ކަމަށް ޕީސީބީއިން ވަނީ ވިދާޅުވެފައެވެ.
ބީސީސީއަކީ ދިވެހި ކުދި ވިޔަފާރިތައް ތަރައްޤީ ކުރުމާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމުގެ ފުރުޞަތު ފަހި ކުރުމުގައި ޙަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ.
ޝަހީދު މުޙައްމަދުއަކީ، މީގެ ކުރިން އާސަންދަ ކުންފުނީގެ ޗެއާޕާސަން ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.