Ads by Stelco

ޚަބަރު

ބިދޭސީންގެ ޞިއްޙީ ކަންކަމާ ގުޅޭގޮތުން ބޭއްވި ޢާންމު ޞިއްޙަތުގެ ހެލްތު ކޮންފަރެންސް ނިންމާލައިފި

ބިދޭސީންގެ ޞިއްޙީ ކަންކަމާ ގުޅޭގޮތުން ބޭއްވި ޢާންމު ޞިއްޙަތުގެ ހެލްތު ކޮންފަރެންސް ނިންމާލައިފި

ޢާންމު ޞިއްޙަތުގެ ހެލްތު ކޮންފަރެންސްގައި ކުރިޔަށްދިޔަ ޕެނަލް ޑިސްކަޝަނެއްގެ ތެރެއިން / ފޮޓޯ: ސިއްޙީ ވުޒާރާ

farudhun logo

ފަރުދުން

09 ޑިސެމްބަރު 2025، 09:27

09 ޑިސެމްބަރު 2025، 09:27

ބިދޭސީންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ޢާންމު ޞިއްޙަތުގެ ހެލްތު ކޮންފަރެންސް ނިންމާލައިފިއެވެ.

މި މަހުގެ 8ވަނަ ދުވަހު ފެށި މި ކޮންފަރެންސަކީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ.

މި އަހަރުގެ ކޮންފަރެންސްގައި ސަރުކާރުގެ މުއައްސަސާތަކުންނާއި، އަމިއްލަ ކުންފުނިތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން، މާލެއާއި އަތޮޅުތެރޭގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން 50 އެއްހާ ބައިވެރިން މި ކޮންފަރެންސްގައި ބައިވެރިވެފައިވެއެވެ. އެއާއެކު ޖުމްލަ 100 އަށްވުރެ ގިނަ ބައިވެރިން މިކޮންފަރެންސްގައި ބައިވެރިވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ކޮންފަރެންސްގެ ތެރެއިން، ރާއްޖޭގައި ތިބި ބިދޭސީންނަށް ސިއްޙީ ފަރުވާ ދިނުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި ގުޅޭގޮތުންވެސް ޢިލްމީ މަޝްވަރާކޮށް، މިކަމުގައި މުވައްސަސާތަކާއި ގުޅިގެން އިސްތިރާޖީ ގޮތެއްގައި ގެނެވިދާނެ ހައްލުތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. 

އާންމު ސިއްޙަތުގެ ހެލްތު ކޮންފަރެންސް ނިންމުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ، އައު ދެ ވެކްސިނެއްވެސް އިފްތިތާޙްކޮށްދެއްވާފައެވެ. އެގޮތުން ރާއްޖޭގެ މާކެޓަށް "ނިއުމަ ކޯކަލް" އަދި "ރޯޓާ ވައިރަސް" ވެކްސިން ވަނީ އިފްތިތާޙްކޮށްފައެވެ. މި ވެކްސިންތައް މިމަހުގެ 10ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މާކެޓުން ލިބެން ހުންނާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން