ވިޔަފާރި / ޚަބަރު

ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ފުރަތަމަ ފަހަރަށް ޙުއްދަ ދީފި

ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ފުރަތަމަ ފަހަރަށް ޙުއްދަ ދީފި

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު---

farudhun logo

ފަރުދުން

10 ޑިސެމްބަރު 2025، 08:21

10 ޑިސެމްބަރު 2025، 08:21

ދިވެހިރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ފުރަތަމަ ފަހަރަށް ޙުއްދަ ދީފިއެވެ.

އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެސްއީޒެޑް ޤާނޫނަށް ގެނައި ބަދަލުތަކާއެކު، ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢަކަށް ޙުއްދަ ދީފައިވާކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްސަ ސިޔާސަތު ރަމްޒުކޮށްދޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓުގެ މަޢުލޫމާތު ޚިއްޞާ ކުރަމުން އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓް ނަމަކަށް ކިޔާ ކުންފުއްޏަކަށް ޙުއްދަ  ދީފައިވާ ކަމަށާއި، އެ ކުންފުންޏަށް ޙުއްދަ ދެވުނީ ރާއްޖޭގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށްކަމަށެވެ.



މި މަޝްރޫޢުތަކުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ތަޢުލީމީ ޚިދުމަތްފޯރުކޮށްދޭ މަރުކަޒުތައް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެދަށުން ތަރައްޤީކުރާ ތަންތަނުގައި މަދުވެގެން 60% އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ކަމަށްވެސް އިޤްތިޞާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2028ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށެވެ. މި މަޝްރޫޢަށް 790 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރާނެއެވެ.

ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2028ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށެވެ. މި މަޝްރޫޢަށް 790 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން