Ads by Stelco

ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ނިޔާޒު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު ނިޔާޒު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު، އަލްއުސްތާޛު މުޙައްމަދު ނިޔާޒު---

farudhun logo

ފަރުދުން

10 ޑިސެމްބަރު 2025، 08:48

10 ޑިސެމްބަރު 2025، 08:48

ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު  މުޙައްމަދު ނިޔާޒު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

ހައިކޯޓުން ސޯޝަލް މީޑިއާގައި ހާމަކުރި މެސެޖެއްގައި ހާމަކޮށްފައިވާ ގޮތުން، ފަނޑިޔާރު ނިޔާޒު އެ މަޤާމުން ވަކިވެވަޑައިގެންނެވީ އަންގާރަ ދުވަހުއެވެ. އަދި ފަނޑިޔާރު ނިޔާޒް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފިއެވެ. ފަނޑިޔާރު އަލްއުސްތާޛު މުޙައްަމަދު ނިޔާޒް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދަންނަވަމެވެ.

ހައިކޯޓުގެ މެސެޖުގައި ވެއެވެ.

ފަނޑިޔާރު  ނިޔާޒު ހައިކޯޓާ ގުޅިވަޑައިގެންނެވީ 18 ޖެނުއަރީ 2018ގައެވެ. އަދި ވަކިވެވަޑައިގެންނެވިއިރު އެ ބޭފުޅާއަކީ އެ ކޯޓުގައު ހުންނެވި އެންމެ ދުވަސްވީ ފަނޑިޔާރެވެ. 

އަދުލު އިންސާފުގެ ދާއިރާއަށް ފަބޑިޔާރު ނިޔާޒު ނިކުމެވަޑައިގެންނެވީ 2002ވަނަ އަހަރުއެވެ. އެ ބޭފުޅާ ވަނީ 2002 ވަނަ އަހަރުން ފެށިގެން ވައިކަރަދޫ އާއި ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގައިވެސް ޚިދުމަތް ކުރައްވާފައެވެ. އަދި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަންވެސް ފަނޑިޔާރުގެ މަޤާމު ވެސް ފުރުއްވެވިއެވެ. 

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމާއި ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ފަނޑިޔާރު ނިޔާޒު ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލްކުރެއްވީ މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީންނެވެ. އަދި އިނގިރޭސިވިލާތާއި އެމެރިކާއިންވެސް ޤާނޫނީ ދާއިރާގެ ތަޖުރިބާ ވަނީ ހޯއްދަވާފައެވެ.

ފަނޑިޔާރު ނިޔާޒު ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވައި ރިޓަޔަމެންޓަށް ހުށަހަޅުއްވީ މިދިޔަ މަހުގެ ތެރޭގައެވެ. އެ ހުށަހެޅުން ބަލައިގަތުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން