ޚަބަރު
މާލެގައި ސިނގިރޭޓް ވިއްކަމުންދިޔަ 2 ތަނެއް ބަންދު ކުރަން ފުލުހުން ނޯޓިސް ދީފި
އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: ފުލުހުން
މާލޭގައި ވިޔަފާރި ކުރާ 10 ތަނެއް ބަލައިފާސްކޮށް، ސިނގިރޭޓް ވިއްކަމުންދިޔަ 2 ތަނެއް ބަންދު ކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން ނޯޓިސް ދީފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި، ފުލުހުންނާއި، މޯލްޑިވްސް އިމިގްރޭޝަން، އަދި ކަސްޓަމްސް ސަރވިސް އިން ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭގައި ހުންނަ 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، މި ތަންތަނުގެ ތެރެއިން ދެ ތަނެއް ބަންދުކުރެވި، ހުރި މައްސަލަތައް ރަނގަޅުކުރުމަށް އެއް ތަނަކަށް ނޯޓިސް ދީފައިވާ ކަަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މީގެ ތެރެއިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ، ބަންދުކޮށްފައިވާ ދެ ތަނަކީ ޤަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ދެ ތަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.