ކޮލަމް / ޚަބަރު

މަޝްރޫޢުތައް ނުނިންމުނު ސަރުކާރުން، ލަސްނުކޮށް މަޝްރޫޢުތައް ނިންމުމަށް މިއަދުގެ ސަރުކާރަށް އިލްތިމާސްކޮށްފި

މަޝްރޫޢުތައް ނުނިންމުނު ސަރުކާރުން، ލަސްނުކޮށް މަޝްރޫޢުތައް ނިންމުމަށް މިއަދުގެ ސަރުކާރަށް އިލްތިމާސްކޮށްފި

ކުރީގެ ރައީސް ސާލިޙް: ފޮޓޯ- އެމްޑީޕީ

farudhun logo

ފަރުދުން

10 ޑިސެމްބަރު 2025، 01:37

10 ޑިސެމްބަރު 2025، 01:37

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަސްވެރިކަމުގެ ސިނާޢަތުގައި ނުނިންމަވާ ހުރި މަޝްރޫޢުތަށް ލަސްނުކޮށް ނިންމުމަށް މިއަދުގެ ސަރުކާރަށް އިލްތިމާސްކޮށްފިއެވެ. 

މިފަދައިން ސަރުކާރަށް އިލްތިމާސް ކުރެއްވީ ކުރީގެ ރައީސް އަދި އިދިކޮޅު ސިޔާސީ ޕާޓީގެ އެއް ލީޑަރު އިބްރާހިމް މުޙައްމަދު ޞާލިޙެވެ. އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސްވެރިންނާއި މަސްވެރި އާއިލާތަކަށް އަދި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އަރިސް ކުރައްވާ ކަމުގައެވެ.

ހަމައެއާއެކު މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައެވެ. އެގޮތުން ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތައް ލަސްނުކޮށް ނިންމުމަށް މިއަދުގެ ސަރުކާރަށް އިލްތިމާސް ކުރައްވާކަމަށާއި، އެއީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަކަންތައްތަކަށް ރަނގަޅުބަދަލުތަކެއް ގެނެސްދޭނެ ޕްރޮޖެކްޓްތަކެއްކަންވެސް އިބޫ ފާހަގަ ކޮށްފައިވެއެވެ.


ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިހެން ވިދާޅުވިއިރު މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، މަސްވެރިން މަސް ކިރުވުމަށްފަހު މިފްކޯއިން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭތާ އެތައް ދުވަހެއްވެ، ގިނަ މަސްވެރިންތަކެއް ވަނީ އެކަމާ ނުރުހުން ފާޅުކޮށް އިހުތިޖާޖް ކޮށްފައެވެ. ކުރީ ސަރުކާއުން މަސްވެރިންނަށް ދޭޏްޖެހޭ ފައިސާގެ 250 މިލިޔަނެއްހާ ރުފިޔާގެ ބެކްލޮގް ފިލުވާ، މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫރަންފެށީ މިއަދުގެ ސަރުކާރުންނެވެ. 

ދިވެހީންގެ ލޭނާރު ކަމުގައިވާ މި ސިނާޢަތައް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް މަސައްކަތްތަކެއް ނުކޮށް މިއަދުގެ ސަރުކާރަށް ކަންކަން ކުރުމަށް އިލްތިމާސް ކުރުމަކީ ވަރަށް ހަމަނުޖެހޭ އުސޫލެކެވެ. އެވިދާޅުވާ "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ކޮޅެއް މެދެއް ނުފެނި ވެރިކަން ނިމިގެން ދިޔައިރު މަސްކިލޯއެއްގެ އަގު އުފުލިގެންގޮސްފައިވެއެވެ. ނުއަގުގައި މަސްގަނެ، މިފްކޯ ހިންގަމުން ގޮސްފައިވަނީ ގެއްލުމުގެ ތެރެއިންނެވެ. އެހެންނަމަވެސް މިއަދު އެހުރިހާ މައްސަލައެއް ޙައްލުކޮށްދެއްވާ، މަސްވެރިންނަށް ހަމަ އަގު ހޯދައިދީ، ފަހި ފުރުސަތުތަށް ދެމުން ގެންދަވަނިކޮށް މިވަނީ ބޮޑު އިލްތިމާސްއެއް ކުރައްވާފައެވެ. 

މަސްވެރިންގެ ދުވަސް މިއަދު  ފާހަގަކުރަމުންދާއިރު މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްގީ ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސަވާފައެވެ. ހަމައެއާއެކު ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަވެސް 1 ނޮވެމްބަރ އިން ފެށިގެން މި ސަރުކާރުން ވަނީ ދީފައެވެ.ހަމަ އެއާއެކު މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެއްދެވުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފެއްޓެވިއެވެ.  އަދި މަސްވެރިންނަކީ އެހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭ އެއްފަދައިން ދައުލަތް ދަންނަ، ފަސޭހައިން ލޯނާއި އެނޫންވެސް ޚިދުމަތްތައް ލިބޭނެ ބަޔަކަށް ހެއްދެވިއެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް ސަރުކާރަކުން ނުކުރާފަދަ ބޮޑެތި މަސައްކަތްތަކެވެ. 

ކަންމިހެން އޮއްވާ، ވެރިކަން ކުރުމަށް 5 އަހަރުލިބި އެއްވެސް ކަމެއް ނުކުރެއްވި ބަޔަކު މިއަދުގެ ސަރުކާރަށް އިލްތިމާސްކުރުމާމެދު ތިފަރާތުން ދެކިލައްވަނީ ކިހިއްނެއްތޯ؟ 


Ads by MSS

މި ލިޔުން ކިޔާލުމުން