Ads by Stelco

ޚަބަރު

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ކުރިއަށްގެންދާ "މަސްވެރިންގެ ގުންޒަރު" ފަށައިފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ކުރިއަށްގެންދާ "މަސްވެރިންގެ ގުންޒަރު" ފަށައިފި

މަސްވެރިންގެ ގުންޒަރުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ޑިސެމްބަރު 2025، 02:08

10 ޑިސެމްބަރު 2025، 02:08

45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ކުރިއަށްގެންދާ "މަސްވެރިންގެ ގުންޒަރު" ރ. ދުވާފަރުގައި މިއަދު ފަށައިފިއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ރ. ދުވާފަރުގައެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ބާއްވާ މަސްވެރިންގެ ފޯރަމް ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހުއެވެ.

މަސްވެރިންގެ ފޯރަމްގައި މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި، މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން މި ފޯރަމްގައި ބައިވެރިވިއެވެ. މި ފޯރަމްގައި 9 އަތޮޅަކުން 47 މަސްވެރިންނާއި 4 މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ބައިވެރިވިއެވެ.

މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ މަސްވެރިންނަށް މި ސިނާޢަތާއި ގުޅުންހުރި އެކިއެކި މަޢުލޫމާތު ފޯރުކޮށްދީ ސިނާޢަތުގައި ހުރި ދަތިތައް ޙައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭގޮތުންވެސް މި ފޯރަމްގައި މަޝްވަރާކުރާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މިއަދު ހެނދުނު ފެށި މަސްވެރިންގެ ފޯރަމްގައި މަސްވެރިން ވަނީ އެމީހުންނަށް ހުރި ދަތިތަކާއި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު ޝިޔާމް ވަނީ، މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަށް ވުޒާރާއިން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން