Ads by Stelco

ޚަބަރު

މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތަހުނިޔާ ފޮނުއްވައިފި

މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ.

farudhun logo

ފަރުދުން

10 ޑިސެމްބަރު 2025، 02:49

10 ޑިސެމްބަރު 2025، 02:49

އަދު (10 ޑިސެންބަރުގައި) ޤައުމީ ފެންވަރުގައި ފާހަގަކުރާ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި އެ ކަމަނާ ލިޔުއްވި ޕޯސްޓެއްގައި، ދިވެހި މަސްވެރީންގެ ހީވާގިކަމާއި، ކެރުންތެރިކަމާއި، ހިތްވަރަށް ސާބަސް ދެއްވައި، މަސްވެރީންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ. އަދި ހަމަ އެހެންމެ، މަސްވެރިކަމުގެ ޞިނާޢަތް ތިޔާގިކުރައްވައި، އެ ޞިނާޢަތުގެ މަންފާ އިތުރުކޮށްދެއްވުމަށް އެ ކަމަނާ ވަނީ ދުޢާކުރައްވާފައެވެ.



ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10ވަނަ ރާއްޖޭގައި މަސްވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މި އަހަރުގެ މަސްވެރީންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ރ. އަތޮޅު ދުވާފަރުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން