Ads by Stelco

ޚަބަރު

ދިރާގު ޕޭގެ ނަމުގައި ސްކޭމެއް ހިންގަނީ، ސަމާލުވޭ!

ދިރާގު ޕޭގެ ނަމުގައި ސްކޭމެއް ހިންގަނީ، ސަމާލުވޭ!

ދިރާގު ޕޭ/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ޑިސެމްބަރު 2025، 02:50

10 ޑިސެމްބަރު 2025، 02:50

ދިރާގު ޕޭގެ ނަމުގައި އިމްޕަރސަނޭޓްކޮށް ފިޝިންގ ލިންކެއް ދައުރުކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރު އެދިއްޖެއެވެ.

އެންޓި ސްކޭމް ސެންޓަރުން ޢާންމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން ދައުރުވާ ފިޝިންގ ލިންކްގައި "ދިރާގު - އަހަރުގެ އައު ހަދިޔާ" (30,000 ރުފިޔާ / 50,000 ރުފިޔާ) ސަރވޭއަކާއި ގިފްޓް ބޮކްސް ގޭމެއް މެދުވެރިކޮށް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، އިނާމު ހޯދުމަށްޓަކައި 5 ގްރޫޕަކަށް ނުވަތަ 20 ފަރާތަކަށް ލިންކް ފޮނުވުމަށް އެދޭކަމަށާއި، މި ލިންކްތައް މިގޮތަށް ފެތުރިގެންދާ ކަމަށެވެ. އެގޮތުން، އެންޓި ސްކޭމް ސެންޓަރުން ވަނީ މި ލިންކްތަކަށް ނުފިތުމަށް އެދި މިފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ސުވާލުތަކަށް ޖަވާބު ނުދިނުމަށާއި އެއްވެސް ޒާތީ މަޢުލޫމާތެއް ހިއްސާ ނުކުރެއްވުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިވަޑައިގެންފައެވެ.

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން ޢާންމުކޮށްފައިވާ މަޢުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭ އާއި އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ. ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ޞައްޙަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މަޢުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު  ފިޔަަވަޅެއްކަމަށް އެ ސެންޓަރުން މަޢުލޫމާތުދެއެވެ.

ހަމަ އެއާއެކު، ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން