Ads by Stelco

ޚަބަރު

ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓަކުން 10،800 ވޭޕް ކާޓްރިޖް އަތުލައިގެންފި

ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓަކުން 10،800 ވޭޕް ކާޓްރިޖް އަތުލައިގެންފި

ވޭޕް ކާޓްރިޖް/ފޮޓޯ: ދާޚިލީ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ޑިސެމްބަރު 2025، 03:31

10 ޑިސެމްބަރު 2025، 03:31

ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓަކުން 10 ހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ވިދާޅުވީ، ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ފާހަގަކުރެވިގެން މި މަހުގެ 04 ވަނަ ދުވަހު ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މާލޭ ކޮމާޝަލް ހާބަރުގައި ހިންގި މި އޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ ޢަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން މަޢުލޫމާތުދެއެވެ. އެގޮތުން، ޖުމްލަ 10،800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، މި ވޭޕް ކާޓްރިޖުގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ވަނީ ލަފާކޮށްފައެވެ.

މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ސަރުކާރުން ނިންމި ތާރީޚުގެ ފަހުން ކަސްޓަމްސް އިން ހިފެހެއްޓި އެންމެ ބޮޑު ސިޕްމެންޓްކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

މި ތާރީޚުން ފެށިގެން ކަސްޓަމްސް އިން މިހާތަނަށް ޖުމްލަ 66،000 އަށް ވުރެ ގިނަ ވޭޕް ހިފަހައްޓާފައިވޭ. މި މައްސަލަ މިހާރު ދަނީ ކަސްޓަމްސް އިތުރަށް ތަޙުޤީގު ކުރަމުން. 

ކަސްޓަމްސް އިން ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ އަދި ވޭޕް ކުރަން ބޭނުންކުރާ ސާމާނުތަކާއި ރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވާ ދިވެހި މުޖުތަމަޢަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަސްޓަމްސް އިން ގިނަ މަސައްކަތަކެއް ކުރަމުން އަންނަ އިރު ކަސްޓަމްސް އިން ވަނީ މި މަސައްކަތްތަކަށް ޢާންމު ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

ރާއްޖޭގެ ވޭޕްގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން