Ads by Stelco

ޚަބަރު

ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދިން އަންހެން މީހާގެ ބަންދަށް 30 ދުވަސް!

ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދިން އަންހެން މީހާގެ ބަންދަށް 30 ދުވަސް!

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ޑިސެމްބަރު 2025، 03:48

10 ޑިސެމްބަރު 2025، 03:48

މާލޭ ގެއެއްގެ ތެރޭގައި ހިނގި ޒުވާބެއްގައި ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދިން އަންހެން މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް އިއްޔެ ހެނދުނު 10:05 އެހާކަންހާއިރު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މި މާރާމާރީގައި އަނިޔާވެފައި ވަނީ 64  އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ. އެގޮތުން، މި ދެމީހުންގެ ތެރެއިން 64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން 32 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައިވާއިރު، އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މާރާމާރީއަކީ،  ލޯބީގޮތުން ގުޅިގެންއުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ހިންގި މާރާމާރީއެއްކަން ފުލުހުންގެ ތަޙުޤީގަށް ވަނީ ހާމަވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން