Ads by Stelco

ޚަބަރު

މަސްވެރިން ޤައުމީ ތަރައްޤީގައި އަދާކުރަމުންދާ މުހިންމު ދައުރުގެ މައްޗަށް ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރަން: ރައީސް މައުމޫން

މަސްވެރިން ޤައުމީ ތަރައްޤީގައި އަދާކުރަމުންދާ މުހިންމު ދައުރުގެ މައްޗަށް ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރަން: ރައީސް މައުމޫން

ރައީސް މައުމޫން/ފޮޓޯ: އައްޑޫ ލައިވް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ޑިސެމްބަރު 2025، 05:32

10 ޑިސެމްބަރު 2025، 05:32

މަސްވެރިން ޤައުމީ ތަރައްޤީގައި އަދާކުރަމުންދާ މުހިންމު ދައުރުގެ މައްޗަށް ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރައްވާކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވީ، ޤައުމީ ފެންވަރުގައި މިއަދު ފާހަގަކުރާ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ތަޙުނިޔާ ފޮނުއްވުމަށް މީސް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ރައީސް މައުމޫން ވިދާޅުވީ، އުންމީދުން ފުރިގެންވާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ހީވާގި ދިވެހި މަސްވެރިންނަށާއި، އޮޑިވެރިންނަށާއި، މަސްވެރި ޢާއިލާތަކަށާއި، މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް، ނުހަނު އިޚްލާޞްތެރިކަމާއި ލޯތްބާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ. ހަމަ އެހެންމެ، ޤައުމީ ތަރައްޤީގައި މަސްވެރިން އަދާކުރަމުންދާ މުހިންމު ދައުރުގެ މައްޗަށް ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ރާއްޖޭގައި މަސްވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މި އަހަރުގެ މަސްވެރީންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ރ. އަތޮޅު ދުވާފަރުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން