Ads by Exprox

ޚަބަރު

ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިޔަން ރުފިޔާ ކުޑަކުރެވޭނެ!

ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިޔަން ރުފިޔާ ކުޑަކުރެވޭނެ!

މާލީ ވުޒާރާ. ފޮޓޯ:ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ނޮވެމްބަރު 2024، 04:32

10 ނޮވެމްބަރު 2024، 04:32

2025 ވަނަ އަހަރު ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިޔަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ސަރުކާރުން ލަފާކޮށްފިއެވެ. 

ސަރުކާރުން އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 39.8 ބިލިޔަން ރުފިޔާއެވެ. މި އަދަދަކީ މިއަހަރުގެ އާމްދަނީގެ އަދަދާއި އަޅާބަލާއިރު، %16.1 އިތުރު އަދަދެއްކަން ފާހަގަކޮށްލަންޖެހެއެވެ. 
ދައުލަތުގެ އާމްދަނީ އެންމެ ގިނައިން ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި އާމްދަނީގެ ސިޔާސަތުތަކުންނެވެ.
އާމްދަނީ އާއި ހިލޭ އެހީގެ އަދަދުތައް:-
• ޓެކްސް އާމްދަނީގެ ގޮތިުގައި 29.2 ބިލިޔަން ރުފިޔާ

• ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.0 ބިލިޔަން ރުފިޔާ

• ހިލޭ އެހީގެ ގޮތުގައި 2.6 ބިލިޔަން ރުފިޔާ

އާމްދަނީގެ ގޮތުގައި ލިބޭ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ ޖެނެރަލް ގުޑްސް އެންޑް ސަރވިސަސް ޓެކްސް އާއި ޓޫރިޒަމް ގުޑްސް ސަރވިސަސް ޓެކްސްއިންނެވެ.
އާމްދަނީގެ މައިގަނޑު ބައިތައް:-

  • ޓޫރިޒަމް ގުޑްސް ސަރވިސަސް ޓެކްސް: 9.9 ބިލިޔަން ރުފިޔާ 
  • ބިޒްނަސް އަދި ޕްރޮޕަޓީ ޓެކްސް: 5.2 ބިލިޔަން ރުފިޔާ
  • ޖެނެރަލް ގުޑްސް އެންޑް ސަރވިސަސް ޓެކްސް: 5.4 ބިލިޔަން ރުފިޔާ
  • އިމްޕޯޓު ޑިއުޓީ: 4.6 ބިލިޔަން
  • ރުފިޔާރިސޯޓުތަކުގެ ކުލި: 1.9 ބިލިޔަން ރުފިޔާ

އަންނަ އަހަރުތެރޭ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ސިޔާސަތުތަކާއި އެކު އިތުރު 4.9 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. އެގޮތުން ލ އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އެއާޕޯޓު ޓެކުހާއި ފީގެ ރޭޓުތަކައް ގެންނަ ބަދަލުތަކުންނެވެ.


އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ހުށައަޅައިފައިވާ ސިޔާސަތުތައް:-

  • ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ރޭޓުތައް ބަދަލުކުރުން: 1.1 ބިލިޔަން ރުފިޔާ
  •  އެއަރޕޯޓު ޓެކުހާއި ފީގެ ރޭޓުތައް ބަދަލުކުރުން: 1.6 ބިލިޔަން ރުފިޔާ
  • ގްރީން ޓެކުހުގެ ރޭޓުތައް މަތިކުރުން: 1.0 ބިލިޔަން ރުފިޔާ
  • ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކުރުން: 0.7 ބިލިޔަން ރުފިޔާ
  • ބިން ހިއްކުމަށް ނަގާ ވެލިން ފީއެއް ނެގުން: 0.3 ބިލިޔަން ރުފިޔާ
  • ޖީއެސްޓީ ރޭޓު މަތިކުރުން: 0.2 ބިލިޔަން ރުފިޔާ

އަންނަ އަހަރު ބަޖެޓުގައި އަހަރުގެތެރޭގައި ރިފޯމުތައް ތަންފީޒުކުރުމަށް ވަނީ ހިމަނާފައިވެއެވެ.
 

މި ލިޔުން ކިޔާލުމުން

Ads by Stelco