Ads by Stelco

ޚަބަރު

މަސްވެރިންގެ އިހުތިޖާޖު: ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި 3 މީހަކާއެކު 2 ދޯނިވެސް ފުލުހުންގެ ބެލުމުގެ ދަށަށް!

މަސްވެރިންގެ އިހުތިޖާޖު: ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި 3 މީހަކާއެކު 2 ދޯނިވެސް ފުލުހުންގެ ބެލުމުގެ ދަށަށް!

އިހްތިޖާޖުގެ ތެރެއިން/ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 ޑިސެމްބަރު 2025، 01:44

11 ޑިސެމްބަރު 2025، 01:44

ސަރުކާރުގެ މަސްކުންފުނި، މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކުރާ އިހްތިޖާޖުގައި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި 3 މީހަކާއެކު 2 ދޯނިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ހަމަ އެހެންމެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން، މިމީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، މި އިހްތިޖާޖުތަކުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަޞޭޙަތްތެރިވެފައިވާ ކަމަށެވެ. ހަމަ އެހެންމެ، ނަޞޭޙަތްތެރިވުމަށް ފަހު،  އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މަޢުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން، މިއަދު އިހުތިޖާޖުގައި ބިދޭސީން ޙަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް ފުލުހުން ވަނީ އަރާފައެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވެސް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ހުޅުމާލޭ ފަޅުގައި އިހުތިޖާޖެއް ކުރި އެވެ. އޭގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު ކުރި އިހުތިޖާޖެއްގައި މަސްވެރިން މާލޭ ފަޅަށް ވަދެގަނެފައިވާއިރު، އެ ފަހަރު އިހުތިޖާޖުކުރީ ލޭނު އަޅައިގެން ކަންނެލި ނަގަން ހުއްދަ ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން