ޚަބަރު
ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ރަސްމީކޮށް ފަށައިފި
ކޮންފަރެންސް/ފޮޓޯ: ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ރަސްމީކޮށް ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ އަލްޤަހްޠާނީއެވެ. މި ރަސްމިއްޔާތުގައި ޙައްޖު ޢުމްރާ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ސަޢުދީ ޢަރަބިއްޔާއިން ވަޑައިގަންނަވާފައިވާ އަލްސަފްވާ ފައުންޑޭޝަންގެ ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑަިއގެންފައެވެ.
ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު އަދި ޢުމްރާ ކޮންފަރެންސް ފަށައިފި
— Ministry of Islamic Affairs (@MVIaffairs) December 11, 2025
The Hajj and Umrah Conference and Exhibition 2025 has officially and successfully begun today at the Islamic Centre Hall. pic.twitter.com/Qz6qmZgtUO
ޙައްޖު ޢުމްރާ ކޮންފަރެންސް އަކީ، ރާއްޖޭގައި މި ޚިދުމަތްދޭ ކުންފުނިތައް އެއް ތަނަކުން ބައްދަލުވެ، ދާއިރާއާއި ގުޅޭ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމާއި، ކުންފުނިތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ ދެވަނަ ކޮންފަރެންސްއެވެ. މިއަހަރުގެ ކޮންފަރެންސްއާއެކު ޢުމްރާ ކުންފުނިތަކުން ދޭ ޚިދުމަތްތައް ޢާންމުންނަށް ފޯރުކޮށްދިނުމަށް އެގްޒިބިޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި އެގްޒިބިޝަން ކުރިއަށްދާނީ މިއަދު ހަވީރު 17:00 އާއި ހަމައަށް އަދި ހުކުރު ދުވަހުގެ ހަވީރު 16:00 އިން 19:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަޙައްދުގައެވެ.