Ads by Stelco

ޚަބަރު

ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ޚާއްޞަކޮށް ބޭއްވި ކޮންފަރެންސް ނިންމާލައިފި

ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ޚާއްޞަކޮށް ބޭއްވި ކޮންފަރެންސް ނިންމާލައިފި

ޙައްޖު ޢުމްރާ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

farudhun logo

ފަރުދުން

11 ޑިސެމްބަރު 2025، 08:33

11 ޑިސެމްބަރު 2025، 08:33

ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ޚާއްޞަކޮށް ބޭއްވި ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޭއްވި މި ކޮންފަރެންސަކީ ޙައްޖާއި ޢުމްރާއާ ގުޅޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި، ކުންފުނިތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ހިއްސާކުރުމަށް ބޭއްވި ކޮންފަރެންސެކެވެ. 

މި ކޮންފަރެންސްގެ ތެރެއިން ވަނީ ދީނީ ގޮތުން ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ލުއިފަސޭހަކާމާއި، އަޅުކަން އަދާކުރާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނަގަޅުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ދާއިރާއާ ގުޅޭ މައުޟޫޢުތަކަށް ޚާއްޞަކޮށް ޕެނަލް ޓިސްކަޝަންތައް ވެސް ގެންގޮސްފައިވެއެވެ. 

މި އަހަރުގެ މި ކޮންފަރެންސްގައި 100އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. އޭގެތެރޭގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކާއި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ހިމެނެއެވެ.

މި ކޮންފަރެންސުގައި ސަޢޫދީ ޢަރަބިއްޔާގެ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް ބައިވެރިވެފައިވެއެވެ. މިއީ، ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެކެވެ. ޙައްޖު ޢުމްރާ ކޮންފަރެންސްގައި އެ ބޭފުޅުންގެ ފަރާތުންވެސް ވަނީ ސެޝަންތަކެއް ކުރިއަށްގެންގޮސްފައެވެ.

މި ކޮންފަރެންސްއާއެކު ޢުމްރާ ކުންފުނިތަކުން ދޭ ޚިދުމަތްތައް އާއްމުންނަށް ފޯރުކޮށްދިނުމަށް އެގްޒިބިޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އެގްޒިބިޝަން ކުރިއަށްދާނީ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 19:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަޙައްދުގައެވެ.

މި އަހަރު ބޭއްވިގެން މި ދިޔައީ މިފަދަ ދެވަނަ ކޮންފަރެންސެވެ. ފުރަތަމަ "ޙައްޖު އުމްރާ ކޮންފަރެންސް" ބޭއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 31 ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން