Ads by Stelco

ޚަބަރު

ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައިހުރި ހަނި ސްޕީޑު ބްރޭކަރުތައް ނަގައިފި

ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައިހުރި ހަނި ސްޕީޑު ބްރޭކަރުތައް ނަގައިފި

ކުރިން ސްޕީޑު ބްރޭކަރު ހަރުކޮށްފައި ހުރި ހިސާބެއް---

farudhun logo

ފަރުދުން

12 ޑިސެމްބަރު 2025، 05:15

12 ޑިސެމްބަރު 2025، 05:15

ގިނަ ބަޔަކަށް އުނދަގޫވެ ޝަކުވާކުރަމުން ދިއުމާ ގުޅިގެން، ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައިހުރި ހަނި ސްޕީޑު ބެރޭކަރުތައް ނަގައިފިއެވެ.

މި އަހަރުގެ ސެޕްޓެންބަރު މަހު ހަރުކުރި މި ސްޕީޑު ބްރޭކަރުތަކަކީ، ހުޅުމާލޭގެ މަގުތަކުގައި ހިނގަމުންދާ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހަރުކުރި ސްޕީޑު ބްރޭކަރުތަކެކެވެ. އެހެންކަމުން ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2ގައިވެސް މެޓަލް ސްޕީޑް ބްރޭކަރުތައް ހަރުކޮށްފައި ހުއްޓެވެ.

ނަމަވެސް މި ސްޕީޑް ބްރޭކަރުތަކުގެ ސަބަބުން އުނދަގޫވާކަމަށް ގިނަ ބަޔަކު ދިޔައީ ޝަކުވާކުރަމުންނެވެ. އަދި އެކަމާ ހެދި ޞިއްޙީ އުނދަގޫތައް ކުރިމަތިވަމުންދާކަމަށް ވެސް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޚިއްޞާކުރި ޕޯސްޓުތަކުގައި ވެއެވެ.

އެހެންކަމުން، ޓްރެފިކް ފްލޯރ ބެލެހެއްޓުމަށް އިތުރު ފިޔަވަޅުތަކެއް އަޅައި، އާންމުންގެ އެދުމަށް މި ސްޕީޑު ބްރޭކަރުތައް މިހާރު މިވަނީ ނަގާފައެވެ. 

ޓްރެފިކް ބެލެހެއްޓުމަށް ހުޅުމާލޭގެ ދެ ސަރަޙައްދެއްގައި މިހާރުވެސް ޓްރެފިކް ލައިޓް ވަނީ ބަހައްޓާފައެވެ. އަދި ބައެއް ބޮޑެތި މަގުތަކުގެ ހަތަރުއަނގޮޅިއަށްވާ ގޮތަށް، ޓްރެފިކް ފްލޯއަށް ލުއިކޮށްދިނުމުގެ ގޮތުން، ބޮޑެތި ބުރުތައްވެސް ދަނީ ހަދަމުންނެވެ.

މާލެ ސަރަޙައްދުގައި މަގުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް، ފުލުހުންވެސް ގިނަ އިންތިޒާމްތަކެއް ދަނީ ހަމަޖައްސަމުންނެވެ. ގިނަ ސަރަޙައްދުތަކުގައި އަބަދުވެސް ފުލުހުން ޤާއިމުވެ ތިބެ ބެލެހެއްޓުމާއި، މަގުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމުގެ އިތުރަށް، ތާފާތު ޓްރެފިކް އޮޕަރޭޝަންތައް ކުރިއަށްގެންދިއުންވެސް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން