ދުނިޔެ

ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން އަލުން ބޮން އަޅައި، އެއްބަސްވުންތަކާ ފުރިހަމައަށް ޚިލާފުވެއްޖެ

ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން އަލުން ބޮން އަޅައި، އެއްބަސްވުންތަކާ ފުރިހަމައަށް ޚިލާފުވެއްޖެ

އިޒްރާއިލުން ލުބްނާނަށް ހަމަލާދިނުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޑިސެމްބަރު 2025، 08:05

12 ޑިސެމްބަރު 2025، 08:05

ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކަަށް އިޒްރާއިލުން ބޮން އަޅައިފިއެވެ.

ލުބްނާނުގެ ދައުލަތުގެ ނިއުސް އެޖެންސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް ދީފައި ވަނީ ޖައްޒީން އަދި ޒަހްރާނީ ސަރަހައްދުގެ ފަރުބަދަތަކާއި ވާދީތަކަށެވެ. މީގެ ތެރޭގައި އަލް-އާޢިޗިޔާ ކައިރި، އަލް-ޒުރާރިޔާ އަދި އަންސާރު ދެމެދު، އަދި ޖަބަލް އަލް-ރާފިޢީގެ ވަށައިގެންވާ ސަރަހައްދުތަކާއި ބައެއް ޓައުންތަކުގެ ބޭރުފުށުގެ ސަރަހައްދުތައް ހިމެނެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާތައް ދިނީ ހިޒްބުﷲގެ އެލިޓް ރަދުވާން ފޯސްއިން ހަތިޔާރާއި އެކު ތަމްރީނުކުރުމަށް ބޭނުންކުރާ ތަނަކަށް ކަމަށާއި، އެ ތަންތަން ބޭނުންކުރަނީ އިޒްރޭލުގެ ސިފައިންނާއި ރައްޔިތުންނަށް ހަމަލާ ދިނުމަށް ރާވާފައިވާ ތަންތަނުގެ ގޮތުގައި ކަމަށެވެ.

ބެއިރޫތުން ވާހަކަދައްކަވަމުން އަލް ޖަޒީރާގެ ޒައިނާ ޚުދުރް ބުނީ، ލުބްނާނުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ "އެއް ފަރާތެއްގެ އެއްބަސްވުމެއް" ކަމަށެވެ. ސަބަބަކީ އިޒްރާއިލުން ލުބްނާނަށް ހަމަލާދިނުން ހުއްޓާނުލުންކަމަށް ފާހަގަކުރިއެވެ. ޚުދުރް ބުނީ އެންމެ ފަހުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ނޫންކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި، މި ހަމަލާތައް އަމާޒުކުރީ "ފަރުބަދަތަކާއި ވާދީތަކަށް، އާބާދީ ބޮޑު ސަރަހައްދުތަކަކަށް ނޫން" ކަމަށާއި، މިގޮތަށް ހަމަލާދިނުމަކީ ތަކުރާރުވާ ކަމެއް ކަމަށެވެ. އިޒްރާއިލްގެ އަސްކަރިއްޔާއިން ބުނީ ރޮކެޓް ލޯންޗްކުރާ ތަންތަނާއި އެހެނިހެން އިންފްރާސްޓްރަކްޗަރަށް ވެސް ހަމަލާދީފައިވާ ކަމަށާއި، މި އޮޕަރޭޝަންތަކަކީ އިޒްރޭލާއި ލުބްނާނާ ދެމެދު އޮތް އެއްބަސްވުންތަކާ ޚިލާފުވާ ކަންކަމާ ދެކޮޅަށް އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

ނަމަވެސް، މި ހަމަލާތަކަށް އ.ދ. އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އ.ދ. އިން ނޮވެމްބަރު މަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ ފަހުކޮޅު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ލުބްނާނުގައި މަދުވެގެން 127 އާންމުން، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ގޮތަށް، މަރުވެފައިވެއެވެ. އ.ދ.ގެ އޮފިޝަލުން ވަނީ މި ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާތަކެއް" ކަމަށް ވެސް އިންޒާރު ދީފައެވެ. ޚުދުރް ވިދާޅުވީ މި ހަމަލާތަކަކީ ހިޒްބުﷲއަށް ހަތިޔާރު ބަހައްޓަން މަޖުބޫރުކުރުމަށް ދެމުންދާ އަސްކަރީ ޕްރެޝަރުގެ ބައެއް ކަމަށެވެ. އިޒްރޭލުން ބޭނުންވަނީ އެ ޖަމާއަތުން "އެމީހުންގެ ސްޓްރެޓެޖިކް ހަތިޔާރުތަކާއި، ދުރު ރާސްތާ ހަތިޔާރުތަކާއި، ޕްރިސިޝަން-ގައިޑެޑް މިސައިލްތަކާއި، ޑްރޯންތައް ދޫކޮށްލުން" ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އިޒްރޭލުން ލުބްނާނުގެ ބައެއް ސަރަހައްދުތަކަށް ހަމަލާދީ، އެ ސަރަހައްދުތައް ހިފާފައިވާހާ ހިނދަކު ހިޒްބުﷲއިން އެމީހުންގެ ހަތިޔާރުތައް ދޫކޮށްލުމަށް ވަރަށް ބޮޑަށް ދެކޮޅު ހަދައެވެ. ޚުދުރް އިތުރަށް ބުނީ، "ހިޒްބުﷲއާއި ލުބްނާނުގެ އަތްމަތީގައި އިސްކަން ނެތް. އިޒްރޭލަށް ވައިގެ ސަރަހައްދުގައި ބޮޑު އިސްކަމެއް ލިބިފައިވޭ" ކަމަށެވެ.

ދެ ހަފްތާ ކުރިން އިޒްރޭލުން ބެއިރޫތުގެ ދެކުނުގެ ސަރަހައްދަކަށް ބޮން އަޅައި، ހިޒްބުﷲގެ އެންމެ އިސް ޢަސްކަރީ ކޮމާންޑަރު ހައިތަމް އަލީ ތަބާތަބާއީ ޝަހީދުކުރުމުން ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އެ ޖަމާއަތުން އަދި މިކަމަށް ރައްދު ދީފައެއް ނުވެއެވެ. ނަމަވެސް އެކަން ކުރާނީ އެކަށީގެންވާ ވަގުތެއްގައި ކަމަށް ބުނެފައިވެއެވެ.

މި ހަމަލާތައް ދެމުންދަނީ ލުބްނާނާއި އިޒްރޭލުން ފުރަތަމަ ފަހަރަށް އެ މީހުންގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މޮނިޓަރކުރާ ކޮމިޓީއަށް ސިވިލް މަންދޫބުން ފޮނުވި ދަނޑިވަޅެއްގައެވެ. ނަމަވެސް، ހިޒްބުﷲގެ ލީޑަރު ނަޢީމް ޤާސިމް ވަނީ ކުރީގެ ސަފީރު ސިމޮން ކަރަމް އެ ވާހަކަތަކަށް ފޮނުވުމަށް ލުބްނާނުން ނިންމި ނިންމުމަށް ފާޑުކިޔާ، އެއީ އިޒްރޭލަށް ދިން "މަގުފަހިކޮށްދިނުމެއް" ކަމަށް ސިފަކޮށްފައެވެ.

ޚުދުރް ފާހަގަކޮށްފައިވާ ގޮތުގައި، ހިޒްބުﷲއަށް މިކަމުގެ މާނައަކީ އެމީހުން ދުޝްމަނުންނާ އެކު ސިޔާސީ ގޮތުން މަޝްވަރާކުރުން ކަމަށާއި، ލުބްނާނުގައި ވަރަށް ނާޒުކު ކަމެއްގެ ގޮތުގައި ފެންނަ ވާހަކަތަކެއްގައި ބައިވެރިވުން ކަމަށެވެ. އެއީ އެކަން ނުވާނެ ކަމުގެ އުއްމީދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޖޯސެފް އައުން ޤަބޫލުކުރައްވާ ގޮތުގައި، ލުބްނާނުން ވަނީ ހަމަލާތައް ހުއްޓުވުމަށްޓަކައި "ޑިޕްލޮމެޓިކް ކާޑު ކުޅެފަ"އެވެ. ބޮޑުވަޒީރު ނަޖީބް މީޤާތީގެ އޮފީހުން ދަނީ މި ވާހަކަތަކުގައި ތެދުކަން ކަށަވަރުކުރާނެ މެކޭނިޒަމްތަކެއް ހޯދަމުންނެވެ. ލުބްނާނުގެ ނަޒަރުގައި މިއީ ހިޒްބުﷲގެ ނުފޫޒު އެކަހެރިކުރުމަށް ކުރާ މަސައްކަތެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން