Ads by Stelco

ޚަބަރު

ރ. މާކުރަތުގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައި ޚިދުމަތް ދޭން ފަށައިފި

ރ. މާކުރަތުގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައި ޚިދުމަތް ދޭން ފަށައިފި

ފުލުހުންގެ މަރުކަޒު ހުޅުވުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 ޑިސެމްބަރު 2025، 03:12

13 ޑިސެމްބަރު 2025، 03:12

ރ. މާކުރަތުގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

މި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވުމަށް މާކުރަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ.

މި ރަސްމިއްޔާތުގަައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސައުދީ އާއި، މާކުރަތު ކައުންސިލްގެ ރައީސް އާއި، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި، މާކުރަތު ކައުންސިލް މެމްބަރުންނާއި ރައްޔިތުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި މާކުރަތު ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވުމަށް ފަހު ޤައުމީ ދިދަ ނަންގަވައި ދެއްވީ ވަޒީރު އަލީ އިޙުސާންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

މާކުރަތުގައި ޤާއިމްކޮށް ހުޅުވިގެންދިޔަ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތަކީ 2025 ޖަނަވަރީ 23 ވަނަ ދުވަހު ބިންގާއެޅި މަސައްކަތް ފެށިގެންދިޔަ މަޝްރޫއުއެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން