Ads by Stelco

ޚަބަރު

ފަސް މިލިޔަން ގަސް އިންދުމުގެ މަޝްރޫޢު: އަދާ ހަމައަށް 985،000 ގަސް އިންދާފައިވޭ

ފަސް މިލިޔަން ގަސް އިންދުމުގެ މަޝްރޫޢު: އަދާ ހަމައަށް 985،000 ގަސް އިންދާފައިވޭ

ފަސް މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ އަދާހަމަ.

farudhun logo

ފަރުދުން

14 ޑިސެމްބަރު 2025، 03:46

14 ޑިސެމްބަރު 2025، 03:46

ފަސް މިލިޔަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، އަދާ ހަމައަށް 985،000އަށް ވުރެ ގިނަ ގަސް އިންދާފައިވެއެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަކީ، ރާއްޖޭން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ޤުދުރަތުގެ ފެހިކަން އިތުރުކޮށް މާޙައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ ޚާއްޞަ މަޝްރޫޢެކެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ، މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވީ ތިމާވެށީގެ ދުވަހެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި ޙަރަކާތުގެ މައިގަނޑު މަޤުޞަދަކީ ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުމެވެ. އެ ގޮތުން، މި މަޝްރޫޢުގެ ދަށުން ގިނަ ގަސްތަކެއް އިންދަމުން އަންނަ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މަޝްރޫޢުގެ އަދާހަމަ ހާމަކުރަމުން ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު ޙިއްޞާކުރި ގޮތުގައި، ފަސް މިލިޔަން ގަސް މަޝްރޫޢުގެ ދަށުން މިހައިތަނަށް 985،083 ވަނީ އިންދާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން އިންދުމަށް ކަނޑައަޅާފައިވާ ޖުމުލަ ޢަދަދަކީ، 6،409،394 ގަަސް ކަމުގައި ވެސް ވުޒާރާއިން ހާމަކުރެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން