ޚަބަރު
ސީޒަނާ ދިމާކޮށް، ޑިސްކަވަރ އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި
ސީޒަނާ ދިމާކޮށް، ޑިސްކަވަރ އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުން.
ފަރުދުން
14 ޑިސެމްބަރު 2025، 03:54
14 ޑިސެމްބަރު 2025، 03:54
ދަތުރުފަތުރުގެ ސީޒަނާ ދިމާކޮށް، ޑިސްކަވަރ އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.
ރާއްޖެއަށް ޑިސްކަވަރ އެއާލައިންސްގެ ދަތުރުތައް ފެށުން ފާހަގަކުރުމަށް މިއަދު ހެނދުނު ވެލާނާ ބައިނަލްއަޤުވާމީ ވައިގެބަނދަރުގެ އަލަށް ހެދި ގިމަތައިގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ޑިސްކަވަރ އެއާލައިންސްގެ ކައުންޓަރުތައް ވަނީ ރަސްމީ ގޮތެއްގައި އިފްތިތާޙުކޮށްފައެވެ.
ވެލާނާ ބައިނަލްއަޤުވާމީ ވައިގެބަނދަރުން އެކްސްގައި ޙިއްޞާކުރި ޕޯސްޓެއްގައި ބުނީ، ޑިސްކަވަރ އެއާލައިސްއިން މާލެއާއި ފްރޭންކްފަރޓާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޑިސްކަވަރ އެއާލައިންސް ގެ ޚިދުމަތް ދެމުން ގެންދާނީ ވީ.އައި.އޭ.ގެ އާ ގިމަތައިންނެވެ.
މި އެއާލައިންސް މިއަދު ރާއްޖެ އައުމާއެކު، މަރުޙަބާ ކިޔުމުގެ ގިތުން ވޯޓަރ ސެލިއުޓް ވަނީ އަރުވާފައެވެ.
މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ.)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް.)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފްގެ އިތުރުން، އެމް.އޭ.ސީ.އެލް.ގެ އެހެނިހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، ޑިސްކަވަރ އެއާލައިންސްއިން ރާއްޖެ އައި ފަތުރުވެރީންނަށް ޚާއްޞަ މަރުޙަބާއެއް ވަނީ ކިޔާފައެވެ.
Discover Airlines is back for the season! 🌟
— Velana Airport (@VelanaAirport) December 13, 2025
Resuming flights from Terminal 1 on 14 December, flying twice weekly between Malé and Frankfurt. ✈️ pic.twitter.com/k1FFLr0XhB