ކުޅިވަރު

އަތް ބިންދައިގެން ދިއުމުން އޮޑި ސްޕޯޓްސްގެ ނިހާން ދެ މަހަށް ކުޅުމާ ދުރަށް

އަތް ބިންދައިގެން ދިއުމުން އޮޑި ސްޕޯޓްސްގެ ނިހާން ދެ މަހަށް ކުޅުމާ ދުރަށް

އޮޑި ސްޕޯޓްސްގެ ނިހާން---

farudhun logo

ފަރުދުން

14 ޑިސެމްބަރު 2025، 10:36

14 ޑިސެމްބަރު 2025، 10:36

އަތް ބިންދައިގެން ދިއުމާ ގުޅިގެން އޮޑި ސްޕޯޓްސް ކްލަބުގެ ހުސައިން ނިހާން (ނިހާޓު) ދެ މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

އޮޑި ސްޕޯޓްސްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އެޓީމުގެ ވައިސް ކެޕްޓަން ހުސައިން ނިހާން (ނިހާޓު)ގެ އަތަށް ލިބިފަވާ ސީރިއަސް އަނިޔާއެއްގެ ސަބަބުން ސާރޖަރީއެއްކޮށްފައިވާތީ ކުރިއަށް ދެ މަހު އޭނާ ދަނޑުމަތިން ނުފެންނާނެކަމަށެވެ.

ނިހާނުއަށް އަނިޔާވެފައި ވަނީ އެ ޓީމު އެންމެ ފަހުން ބުރާސްފަތި ދުވަހު ކުޅުނު މެޗުގައެވެ. އެ މެޗުގައި ނިހާންގެ އަތް ވަނީ ބިންދައިގެން ގޮސްފައެވެ. 

އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަން ކޮށްފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. 

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިސީޒަނަށް އޮޑިއާއި ގުޅުނު ނިހާނަކީ އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއާއެވެ. ދިރާގު ދިވެހި ލީގުގައި ކުޅުނު 10 މެޗުން 25 ޕޮއިންޓް ހޯދައިގެން އޮޑި ސްޕޯޓްސް ތާވަލު ދެވަނައިގައި އޮތް އިރު އޮޑިން ހޯދަމުންމިދާ ކާމިޔާބީގައި ނިހާނުގެ ހިއްސާވެސް ބޮޑެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން