Ads by Stelco

ޚަބަރު

ކާރިސާތަކުގެ ތައްޔާރީ އިތުރުކުރުމަށް މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލައިފި

ކާރިސާތަކުގެ ތައްޔާރީ އިތުރުކުރުމަށް މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލައިފި

މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލުން / ފޮޓޯ: އެންޑީއެމްއޭ

farudhun logo

ފަރުދުން

15 ޑިސެމްބަރު 2025، 07:56

15 ޑިސެމްބަރު 2025، 07:56

ކާރިސާތަކުގެ ތައްޔާރީ އިތުރުކުރުމަށް މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އާދީއްތަ ދުވަހު އެކުލަވާލައިފިއެވެ. މި ބޯޑު އެކުލަވާލާފައި މިވަނީ ޔުނެސްކޯގެ އިންޓަރ ގަވަމެންޓަލް އޯޝަނޯގްރަފިކް ކޮމިޝަނުން ހިންގާ ސުނާމީ ރެޑީ ރެކޮގްނިޝަން ޕްރޮގްރާމް (ޓީއާރުއާރުޕީ) ރާއްޖޭގައި ހިންގުމަށްޓަކައެވެ. 

މި ބޯޑު އުފައްދާފައި ވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ދަށުން އުފައްދާފައިވާ ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ސަބް ކޮމިޓީއެއްގެ ގޮތުގައެވެ. 

މޯލްޑިވްސް ސުނާމީ ރެޑީ ބޯޑުގައި ހިމެނެނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިތުރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އާއި ޞިއްޙީ ވުޒާރާގެ އިތުރުން މާލީ ވުޒާރާއެވެ. މީގެ އިތުރުން ފުލުހުންނައި ސިފައިންއާއި ދިވެހި ރެޑް ކްރެސެންޓްގެ ބޭފުޅުންވެސް މި ބޯޑުގައި ހިމެނެއެވެ. މި ކޮމިޓި ޗެއާރކުރައްވާނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ. އަދި ވައިސް ޗެއަރއަކީ ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއެވެ.

މޯލްޑިވްސް ސުނާމީ ރެޑީ ބޯޑުގައި ހިމެނެނީ 7 މެންބަރުންނެވެ. އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ސުނާމީ ރެޑީ ބޯޑު އެކުލަވާލުމުގެ މަޤްސަދަކީ ޔުނެސްކޯ-އައިއޯސީގެ ޓީއާރުއާރުޕީ ޕްރޮގްރާމް ރާއްޖޭގައި ހިންގާ، އެޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ ކަންކަން ވިލަރެސްކުރުންކަމަށެވެ. އެގޮތުން ޔުނެސްކޯއިން ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަ ކުރޭތޯ ޔަޤީންކުރުމާއި މިންގަނޑުތައް ފުރިހަމަ ކުރާ ރަށްތަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.

ސުނާމީއަށް ތައްޔާރު ޤައުމެއްކަން ކަނޑައަޅައި އެކަމުގެ ސެޓްފިކެޓް ދިނުމުގެ ގިނަ ކަންތައްތަކެއް ބަލައެވެ. އޭގެތެރޭގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި ކާރިސީ ހާލަތުގައި އަމަލުކުރާނެ ޕްލޭނެއް އޮތުމާއި ކުއްލި ހާލަތުގައި ހަރަކާތްތެރިވާނެ މީހުން ތަމްރީންކުރުމާއި ކާރިސީ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތާއި އެކަމާ ގުޅޭ އިރުޝާދުތައް އާންމުންނަށް ފަސޭހަކަމާއެކު އެނގޭގޮތަށް ރަށްރަށުގައި ފެންނަ ގޮތަށް ބެހެއްޓުންފަދަ ކަންކަން ހިމެނެއެވެ.

ޔުނެސްކޯއިން މި ޕްރޮގްރާމް އެހެން ގައުމުތަކުގައި ސުނާމީއަށް ހާއްސަކޮށްގެން ހިންގިކަމުގައިވީނަމަވެސް ރާއްޖޭގައި މި ޕްރޮގްރާމް ހިންގަނީ ސުނާމީގެ އިތުރުން ރާއްޖެއަށް ދިމާވާ އެހެނިހެން އަރައްކާތަކަށްވެސް ހޭލުންތެރިކަން އިތުރުކުރެވޭ ގޮތަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ފުރަތަމަ ޕައިލެޓް ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސް، ކުޅުދުއްފުއްޓަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން