Ads by Stelco

ޚަބަރު

އައު ޓާރމިނަލުން ޚިދުމަތް ދޭން ފެށި 31ވަނަ އެއާރލައިނަކަށް "ޑިސްކަވަރ"

އައު ޓާރމިނަލުން ޚިދުމަތް ދޭން ފެށި 31ވަނަ އެއާރލައިނަކަށް "ޑިސްކަވަރ"

އައު ޓާރމިނަލުން ޑިސްކަވަރ އެއާރލައިންސްއަށް ޚިދުމަތްދޭން ފެށުން / ފޮޓޯ: ވީއައިއޭ

farudhun logo

ފަރުދުން

15 ޑިސެމްބަރު 2025، 09:39

15 ޑިސެމްބަރު 2025، 09:39

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އައު ޓާރމިނަލް، ޓާރމިނަލް 1އިން ޑިސްކަވަރ އެއާރލައިންސްއަށް ޚިދުމަތްދޭން ފަށައިފިއެވެ. މިއީ އައު ޓާރމިނަލުން ޚިދުމަތް ދޭންފެށި 31ވަނަ އެއާރލައިނެވެ.

ޖަރުމަނުގެ މި ލެޝާރ އެއާލައިނަށް އައު ޓާރމިނަލްގައި ޚިދުމަތް ދޭން ފެށުމަށް މިއަދު ވީއައިއޭގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، އިބްރާޙިމް ނަޒީމްއެވެ.

މި ރަސްމިއްޔާތުގައި ޑިސްކަވަރ އެއާރލައިންސްގެ މެނޭޖަރު، ރޮބާޓް ހާވީ އާއި އެމްއޭސީއެލްގެ އިސްވެރިން އަދި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ޑިސްކަވަރ އެއާރލައިނަށް ޚާއްޞަ ކައުންޓަރުތައް ވެސް ހުޅުވާފައެވެ. އަދި އެ އެއާރލައިނުން ފުރަން ދިޔަ 114 ފަސިންޖަރުންނަށް މި ތާރީޙި ދުވަހާ ގުޅިގެން ހަދިޔާ ބެހިއިރު، އެ ފްލައިޓުން ރާއްޖެ އައި 301 ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. 

ޑިސްކަވަރ އެއާރލައިނުން ރާއްޖެ އައި ފަސިންޖަރުންތަކެއް / ފޮޓޯ: ވީއައިއޭ

ޑިސްކަވަރ އެއާރލައިންސްއަކީ ޖަރުމަނުގެ އެންމެ ބޮޑު އަދި ޔޫރަޕްގެ ލީޑިން އެއާރލައިނެއް ކަމުގައިވާ ލިފްތަންސާ ގްރޫޕްގެ އެއާރލައިނެކެވެ. މި އެއާރލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2022 ވަނަ އަހަރުގެ އެޕްރީލްގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން