Ads by Stelco

ޚަބަރު

ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަނީ

ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަނީ

އިސްލާމީ ވުޒާރާގެ މީޑިއާ މައުރަޒުގައި ބެހެއްޓި ދާރުލް އަރްޤަމް ގެ ނަމޫނާއެއް. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޑިސެމްބަރު 2025، 01:01

15 ޑިސެމްބަރު 2025، 01:01

މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ދާރުއްނޫރު ވަޤްފް އިމާރާތް ޑިޒައިންކޮށް، އެކަމާ ގުޅޭ ހުރިހާ ޓެކްނިކަލް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.

މި މަސައްކަތުގެ ތެރޭގައި އިމާރާތުގެ ކޮންސެޕްޓް ޑިޒައިން ކުރުމާއި، ކުރެހުންތައް ތައްޔާރުކުރުން، ބީއޯކިޔު ، އަދި ޓެކްނިކަލް ސްޕެސިފިކޭޝަންސް ހިމެނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް  އެކަންޏެވެ. މިއީ މިފަދަ ބޮޑެތި މަޝްރޫޢުތަކުގައި ކުދި ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެކެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، ފުރަތަމަ ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރުމަށްފަހު، ވުޒާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެއެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޑިސެންބަރު 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަކި ލިންކެއް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ވަނީ އެދިފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެ ތާރީޚާއި ގަޑިއަކީ ޑިސެންބަރު 12 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ. ވުޒާރާއިން ބޭނުންވަނީ މި ވަގުފު އިމާރާތުގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި، ފަންނީ ގޮތުން ޤާބިލު ފަރާތެއްގެ އެހީ ހޯދުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން