Ads by Stelco

ޚަބަރު

އޯ.އޭ.ސީ.ޕީ.އެސް. ގެ 120 ވަނަ ކައުންސިލް އޮފް މިނިސްޓަރސް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

އޯ.އޭ.ސީ.ޕީ.އެސް. ގެ 120 ވަނަ ކައުންސިލް އޮފް މިނިސްޓަރސް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 ޑިސެމްބަރު 2025، 12:53

15 ޑިސެމްބަރު 2025، 12:53

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ 120 ވަނަ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން، ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ގީލާ އަލީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައިވާއިރު، މި ހިނގާ ޑިސެމްބަރު މަހުގެ 12 އިން 14 އަށް ކުރިއަށްދާ މި ބައްދަލުވުމަކީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސް ގައި ކުރިއަށްދާ ބައްދަލުވުމެކެވެ.

ގީލާ އަލީ މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، އޯ.އޭ.ސީ.ޕީ.އެސް.ގެ ސެކްރެޓަރީ ޖެނެރަލް، މޫސާ ސާލެހް-ބަޓްރާކީ އެކުލަވާލާފައިވާ އިޞްލާޙީ އެޖެންޑާ އަށް މަރުޙަބާ ވިދާޅުވެ، އެ ޖަމިއްޔާއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ކުރެވޭ މަސައްކަތްތަކާއި، މެންބަރު ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ ގުޅުންތައް ޤާއިމުކޮށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

އޯ.އޭ.ސީ.ޕީ.އެސް. އަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ޤައުމުތަކުގެ މެދުގައި އުފައްދާފައިވާ 79 ގައުމެއް ބައިވެރިވެފައިވާ ޖަމުޢިއްޔާއެކެވެ.

ދިވެހިރާއްޖެ އޯ.އޭ.ސީ.ޕީ.އެސް.ގެ ފުރިހަމަ މެންބަރު ޤައުމަކަށްވެފައި ވަނީ 9 ޑިސެމްބަރ 2022 އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން