Ads by Stelco

ޚަބަރު

މާލޭގެ 9 ތަނެއް ބަލައިފާސްކޮށް، ބިދޭސީން ހިންގަމުންދިޔަ 2 ވިޔަފާރިއެއް ވަގުތުން ހުއްޓުވައިފި

މާލޭގެ 9 ތަނެއް ބަލައިފާސްކޮށް، ބިދޭސީން ހިންގަމުންދިޔަ 2 ވިޔަފާރިއެއް ވަގުތުން ހުއްޓުވައިފި

އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 ޑިސެމްބަރު 2025، 05:02

15 ޑިސެމްބަރު 2025، 05:02

މާލޭގެ 9 ތަނެއް ބަލައިފާސްކޮށް، ބިދޭސީން ހިންގަމުންދިޔަ 2 ވިޔަފާރިއެއް މޯލްޑިވްސް އިމިގްރޭޝަނުން ވަގުތުން ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް، ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިޔަ 09 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 2 ތަނެއްގައި ހިންގަމުންދިއަ ވިޔަފާރި، އިޤްތިޞާދީ ތަރައްޤީއާ  ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަގުތުން ހުއްޓުވައި، 1 ތަނަކަށް ނޯޓިސް ދީފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.

ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން