Ads by Stelco

ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރު، އަންނަ ޖަނަވަރީ މަހު ފަށަނީ

ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރު، އަންނަ ޖަނަވަރީ މަހު ފަށަނީ

ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރު ފަށަން ތައްޔާރުވަނީ.

farudhun logo

ފަރުދުން

15 ޑިސެމްބަރު 2025، 05:20

15 ޑިސެމްބަރު 2025، 05:20

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބުރުގެ ތަމްރީނުތައް، އަންނަ ޖަނަވަރީ މަހު ފެށުމަށް ހަަމަޖެހިފައިވާ ކަމަށް ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަޚްލާޤު ރަނގަޅު، ހަރުދަނާ، ޒުވާން ޖީލެއް ބިނާކުރުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ ޤައުމީ މުހިންމު މަސައްކަތެކެވެ.

ދިފާޢީ ވުޒާރާއިން ބުނީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބުރަށް ބައިވެރީން ހޮވުމުގެ މަރުޙަލާ މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ ޖަނަވަރީ މަހުގެ ފަހުކޮޅު ދެވަނަ ބުރުގެ ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގައި ފުރުޞަތު ދެވޭނީ، ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ކުރިމަތިލީ ކުދީންގެ ތެރެއިން އެ ބުރުގައި ޖާގަ ނުލިބުނު ކުދީންނަށް، އެ ކުދީން ނަންޖައްސާފައިވާ ތަރުތީބުންނެވެ.

މި ޕްރޮގްރާމްގެ ދެވަނަ ބުރަށް ބައިވެރީން ހޮވުމުގެ މަރުޙަލާ ކުރިއަށް ގެންގޮސްފައިވަނީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ. ވޭމަންޑޫ، ލ. ގަން، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ސ. ހިތަދޫ އަދި މާލެ- މި ރަށްރަށުގައެވެ. ދިފާޢީ ވުޒާރާއިން ބުނީ، މި މަރުޙަލާގައި ބައިވެރީންގެ އިންޓަރވިޔުއާއި، ޞިއްޙީ ޓެސްޓުތަކާއި، އެޕްޓިޓިއުޑް ޓެސްޓުގެ އިތުރުން ފިޓްނަސް ޓެސްޓުތައް ވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރުގައި ވެސް 350 ބައިވެރީންނަށް ފުރުޞަތު ލިބޭނެއެވެ. މި ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުނު 350 ބައިވެރީން މިހާރު ދަނީ، ޅ. މާފިލާފުށީގައި ތަމްރީނުތައް ފުރިހަމަކުރަމުންނެވެ. އެ ކުދީންގެ ތަމްރީނުތައް، މި ޑިސެންބަރު މަހުގެ ފަހުކޮޅުގައި ނިމޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450