ދުނިޔެ

ކޮލަމްބިއާގައި ސްކޫލް ބަހެއް ފުރޮޅާލައި، 16 ކުޑަކުދިންނާއި ބަސް ޑްރައިވަރެއް މަރުވެއްޖެ

ކޮލަމްބިއާގައި ސްކޫލް ބަހެއް ފުރޮޅާލައި، 16 ކުޑަކުދިންނާއި ބަސް ޑްރައިވަރެއް މަރުވެއްޖެ

އެކްސިޑެންޓެއް ހިނގާފައިވާ ސަރަޙައްދު/ފޮޓޯ: އެންއެސްޓީ އޮންލައިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 ޑިސެމްބަރު 2025، 05:37

15 ޑިސެމްބަރު 2025، 05:37

ކޮލަމްބިއާގައި ސްކޫލް ބަހެއް ފަރުބަދައަކުން ފުރޮޅާލައި، 16 ކުޑަކުދިންނާއި ބަސް ޑްރައިވަރެއް މަރުވެއްޖެ އެވެ.

މި ސްކޫލް ބަސް ފުރޮޅާލާފައި ވަނީ، 80 މީޓަރުގެ އުސް ފަރުބަދައެއްގެ މަތިން ކަމަށް ޑިޕާޓްމަންޓް އޮފް އަންޑްރެސް ޖޫލިއަން ރެންޑޮން އާއި އެލް ކޮލޮމްބިއާނޯގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

މި އެކްސިޑެންޓު ހިނގި ވަގުތު، ސްކޫލު ބަސް ދަތުރުކުރަމުން ދިޔައީ ސުކްރޭ ޑިޕާޓްމަންޓުގެ ބީޗަކާ ދިމާއަށެވެ. ބަސް އެ ދިމާލަށް ދަތުރުކުރަމުން ދިޔައީ، ދަރިވަރުންގެ ދަސްވެނިވުން ފާހަގަކުރުމަށްޓަކައި ދަރިވަރުންތަކެއް ގޮވައިގެންނެވެ. މި ޙާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 16 ކުޑަކުދިންނާއި ބަސް ޑްރައިވަރެވެ. ހަމަ އެހެންމެ، 20 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން ތިން މީހުންގެ ހާލު ސީރިއަސް އެވެ. އަދި އެމީހުންނަށް މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓު ހިނގި ސަރަޙައްދުގައި ރެސްކިއު ސާވިސަސްގެ މަސައްކަތް ކުރަމުންދާއިރު، މަރުވި މީހުންގެ ހަށިގަނޑުތައް ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ ސަރަޙައްދުގެ ރިޕޯޓުތަކުން ބުނެއެވެ. މީގެ އިތުރުން، ސްކޫލްގެ އެޑްމިނިސްޓްރޭޝަނުން ބުނީ މި ދަތުރަކީ އެ ސްކޫލުގެ ރަސްމީ ދަތުރެއް ނޫން ކަމަށާއި، މި ދަތުރަކީ ދަރިވަރުން އަމިއްލައަށް އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ދަތުރެއް ކަމަށެވެ.

ދަރިވަރުންނަށް ދަތުރު އިންތިޒާމްކޮށްދިން ކުންފުނިން ވަނީ، މި ސުކޫލް ބަހުގައި ޖުމްލަ 37 މީހުން ތިބިކަން ކަށަވަރުކޮށްދީފަ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން