Ads by Stelco

ޚަބަރު

އަންނަ އަހަރު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް، ފެމިލީ ކޯޓުން ޢާންމުކޮށްފި

އަންނަ އަހަރު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް، ފެމިލީ ކޯޓުން ޢާންމުކޮށްފި

ފެމިލީ ކޯޓު. / ފޮޓޯ: ޕީ.އެސް.އެމް.

farudhun logo

ފަރުދުން

15 ޑިސެމްބަރު 2025، 05:40

15 ޑިސެމްބަރު 2025، 05:40

އަންނަ 2026ވަނަ އަހަރުގެ ހުރިހައި ދުވަހެއްގައި ކައިވެނިކޮށްދިނުމަށް ކަނޑައަޅައި، ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ގަޑިތައް ފެމިލީ ކޯޓުން އަދު ޢާންމުކޮށްފިއެވެ.

ރަސްމީ ދުވަސްތަކާއި، ހުކުރު ހޮނިހިރު ފިޔަވައި އެހެން ބަންދު ދުވަސްތަކުގައި، ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00އިން 11:30އަށެވެ. އަދި މެންދުރުފަހު 1:00އިން 1:30އަށެވެ. އަދި ހަވީރު 3:00އިން ރޭގަނޑު 9:30އަށެވެ.

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ހަމަޖެހިފައިވާ ގަޑިތައް ވެސް ފެމިލީ ކޯޓުން ވަނީ ޙިއްޞާކޮށްފައެވެ. އެ ގޮތުން، އަންނަ އަހަރު ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ހަމަޖެހިފައިވަނީ، ހަވީރު 3:00އިން ފެށިގެން ރޭގަނޑު 9:30އަށެވެ.

މީގެ އިތުރުން، ހަފްތާ ބަންދުގައި ކައިވެނިކޮށްދޭ ގަޑިތައް ވެސް އެ ކޯޓުން ވަނީ އިޢުލާންކޮށްފައެވެ. ހުކުރު ދުވަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ، ހަވީރު 3:00އިން ރޭގަނޑު 9:30އަށެވެ. އަދި ހޮނިހިރު ދުވަހު ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ، ހެނދުނު 10:00އިން ރޭގަނޑު 9:00އަށެވެ.

ފެމިލީ ކޯޓުން ބުނީ، ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑިތައް، އެ ކަަމަށް އެދި ހުށަހެޅުމުން، ކޯޓުގެ ތާވަލަށާއި ހުށަހަޅާ ފަރާތުގެ ތާވަލަށް ރިޢާޔަތްކުރުމަށް ފަހު ހަމަޖައްސައިދޭނެ ކަމަށެވެ.

އަދި އަންނަ އަހަރުގެ ރަމަޟާން މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައް ކޯޓުން ފަހުން އިޢުލާނުކުރާނެ ކަމަށް ވެސް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން