ޚަބަރު
ސިނަމާލެ ބުރިޖު މަރާމާތުކުރުމަށް، ބުރިޖުން ބައެއް މިރޭ ބަންދުކުރަނީ
މިރޭ ސިނަމާލެ ބުރިޖު ބަންދުކުރާނެ ސަރަޙައްދު.
ފަރުދުން
15 ޑިސެމްބަރު 2025، 05:40
15 ޑިސެމްބަރު 2025، 05:40
ސިނަމާލެ ބުރިޖުގައި މަރާމާތުގެ މަސައްކަތެއް ކުރިއަށް ގެންދިޔުމަށްޓަކައި، ބުރިޖުން ބައެއް މިރޭ ބަންދުކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، ޑިސެންބަރު 15ވަނަ ދުވަހުގެ ރޭ 23:45އިން ފެށިގެން މަސައްކަތް ނިމެންދެން ބުރިޖުގެ އުތުރު ފަރާތު ލޭނު ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ކަމާ ގުޅޭ ކުރެހުމެެއް ފުލުހުން ވަނީ ޢާންމުކޮށްފައެވެ.
ޗައިނާ ސަރުކާރުގެ އެހީގައި އަޅާފައިވާ ސިނަމާލެ ބުރިޖަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ގިނަ ބަޔެއް ދަތުރުފަތުރުކުރުމަށް ބޭނުންކުރާ އަސާސީ ވަސީލަތެއް ކަމުގައިވާ އިރު، އެ ބުރިޖު މަރާމާތުކުރުމަށް ސަރުކާރުން ޚާއްޞަ އަހަންމިއްޔަތެއް ދެއެވެ.
ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި 2025 ޑިސެންބަރު 15 ވަނަ ދުވަހުގެރޭ 23:45 އިން ފެށިގެން މަސައްކަތް ނިމެންދެން ބްރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށްވަނީ ހަމަޖެހިފައި. pic.twitter.com/bghLAL0IUB
— Maldives Police (@PoliceMv) December 15, 2025