Ads by Farudhun

ޚަބަރު

މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތެއްގެ ތެރެއިން

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

27 އޮކްޓޯބަރު 2026، 06:12

27 އޮކްޓޯބަރު 2026، 06:12

1448 ވަނަ އަހަރުގެ ރަމަޟާން މަހުގައި މާލެ ސިޓީ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަހަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވިދާޅުވީ،  މި ދެ  މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އަންނަ 5 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި 2 މުބާރާތުގެ ތެރެއިން ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައި 5 އުމުރުފުރާ ހިމެނޭއިރު، އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުން ދަށެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2026 އަށް ދަރިވަރަށް ފުރޭ އަހަރަށް ކަމަށެވެ.

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތެއް ހަމަޖެހިފައެއް ނުވެއެވެ. މި އުމުރުފުރާގެ ދަރިވަރުންނަށް ހަތިމުން ބޭނުން ކޮންމެ ތަނެއް 7-5 ފޮޅުވަތުގެ މިންވަރަށް ކިޔެވޭނެ އެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ މަދަހަ މުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާތަކަކީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުންދަށް ކަމަށެވެ. އަދި އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2026 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.  

މި މުބާރާތުގެ 6 އަހަރުން ދަށުގެ ޢުމުރުފުރާގެ ދަރިވަރުންގެ މަދަޙަ ކިޔުން އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެއެވެ.  އެ ނޫން  ކޮންމެ ޢުމުރުފުރާއަކުންނާއި، ކޮންމެ ގުރޫޕަކުންނާއި، މުޅި މުބާރާތުން 1 ވަނަ ، 2 ވަނަ  3 ވަނަ، 4 ވަނަ، 5 ވަނަ ހޮވޭނެ އެވެ.

އެހެންކަމުން، މި ދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން https://competitions.malecity.gov.mv އިން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، މި ދެ މުބާރާތުގެ އުސޫލްތަކާއި މުޤައްރަރު، މި އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވެ އެވެ. އަދި ޤުރުއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުން ކިޔަވަންޖެހޭނީ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މުޤައްރަރަށް ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މި ދެ މުބާރާތުގައި ބައިވެރިވާ ދަރިވަރުން އިތުރު މައުލޫމާތެއް ހޯދަން ބޭނުންވާ ނަމަ، މާލެ ސިޓީ ކައުންސިލްގެ ކޯލްސެންޓަރ 1622 އަށް ގުޅުމަށް އެދިފަ އެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450