ޚަބަރު
ބައިނަލްއަޤްވާމީ ޖިނާއީ ކުށްތަކާ ދެކޮޅަށް ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
ބައިނަލްއަޤްވާމީ ޖިނާއީ ކުށްތަކާ ދެކޮޅަށް ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުން / ފޮޓޯ: ދާހިލީ ވުޒާރާ
އޮކްޓޯބަރ 19 އިން 23 އަށް އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު، ބައިނަލްއަޤްވާމީ ޖިނާއީ ކުއްތަކާ ދެކޮޅަށް އ.ދ. އިން އެކުލަވާލާފައިވާ ކޮންވެންޝަންގެ ފަރާތްތަކުގެ ތޭރަވަނަ ބައްދަލުވުމުގައި ދިވެއްހިރާއްޖެ ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތަމްސީލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވަނީ ބޯޑަރު ހުރަސްކޮށް ކުރާ ޖިނާއީ ކުށްތަކާ ދެކޮޅަށް ދިވެހިރާއްޖޭގެ ފުރިހަމައަށް މަސައްކަތްކުރާނެ ކަމަށެވެ. އެމަނިކުފާނު ވަނީ މިފަދަ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ބައިނަލްއަޤްވާމީ ގޮތުން އެއްބާރުލުން ދިނުމާއި، މިކަމާ ގުޅޭ ޤާނޫނީ އޮނިގަނޑުތައް ރަނގަޅަށް ތަންފީޒު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
Maldives participated in the Thirteenth Session of the Conference of the Parties to the United Nations Convention against Transnational Organized Crime (COP13–UNTOC), held in Vienna, Austria, from 19–23 October 2026. Representing the Maldives, State Minister Dr. Abdulla Nazeer reaffirmed the country's commitment to combating transnational organized crime, emphasising the importance of sustained international cooperation, effective implementation of legal frameworks, and collective action to combat human trafficking, protect vulnerable populations, and address emerging transnational threats.
— Ministry of Homeland Security, Labour & Technology (@HomeMinistrymv) October 27, 2026
މީގެ އިތުރުން ސްޓޭޓް މިނިސްޓަރ ޑރ. ނަޒީރު ވަނީ އިންސާނުން ޓްރެފިކް ކުރުމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، އެކަމުގެ ޝިކާރައަކަށްވެފައި ތިބޭ މީހުން ހިމާޔަތް ކުރުމާއި، އަދި އުފެދެމުން އަންނަ ބައިނަލްއަޤްވާމީ ނުރައްކާތަކާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ހާމަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަކީ ބޯޑަރު ހުރަސްކޮށް ކުރާ ކުއްތައް ހުއްޓުވުމަށް ފުރިހަމައަށް މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.
ބައިނަލްއަޤްވާމީ ޖިނާއީ ކުށްތަކާ ދެކޮޅަށް އ.ދ. އިން އެކުލަވާލާފައިވާ ކޮންވެންޝަންގެ ފަރާތްތަކުގެ ބައްދަލުވުމަކީ މި ކޮންވެންޝަންގެ އެންމެ މަތީ ސިޔާސަތު ކަނޑައަޅާ މަޖިލީހެވެ. މިފަދަ ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ، ބޯޑަރު ހުރަސްކޮށް ކުރާ ޖިނާއީ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދައުލަތްތަކުގެ ޤާބިލުކަން އިތުރުކޮށް، ކޮންވެންޝަންގައިވާ ކަންތައްތައް ތަންފީޒު ކުރާ މިންވަރު މުރާޖަޢާކުރުމެވެ.