Ads by Stelco

ޚަބަރު

ދިވެހިންގެ ލޯބި ހޯއްދަވައިފައިވާ ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހިމް މުޙައްމަދުގެ ފަރުވާއަށް އެހީ ހޯދަނީ

ދިވެހިންގެ ލޯބި ހޯއްދަވައިފައިވާ ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހިމް މުޙައްމަދުގެ ފަރުވާއަށް އެހީ ހޯދަނީ

ޝައިޚް އިބްރާހިމް މުޙައްމަދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޑިސެމްބަރު 2025، 05:40

15 ޑިސެމްބަރު 2025، 05:40

ހުލާސާ


ދިވެހިންގެ ލޯބި ހޯއްދަވައިފައިވާ ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހިމް މުޙައްމަދު(ނައިފަރީ)ގެ ދެލޮލުގެ ފެނުންގެއްލި އެހެނިހެންވެސް ބޮޑެތި ޞިއްޙީ މައްސަލަތައް ކުރިމަތިވެ ފަރުވާއަށް ބޭނުންވެފައިވާތީ އެކަމަށް މާލީ އެހީ ހޯދުމަށް ހުޅުވާލައިފިއެވެ.

ޝައިޚް އިބްރާހިމް މުޙައްމަދަކީ ދިވެހިރާއްޖޭގެ ދީނީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައި، ދިވެހި ރައްޔިތުންގެ ލޯބި ހޯއްދަވައިފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިއެެކެވެ.

ޅ. ނައިފަރަށް ނިސްބަތްވާ ޝައިޚް މުޙައްމަދު އިބްރާހިމަކީ ދިވެހި މުޖްތަމަޢުގައި ދީނީ ޢިލްމު ފެތުރުމުގައި ވަރަށް އިސްކޮށް ޙަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ދެ ލޮލުގެ ފެނުން ގެއްލިފައިވާތީ، ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް އާންމުންގެ އެހީއަށް މިހާރު ވަނީ އެދިފައެވެ.

ޝައިޚް މުޙައްމަދު އިބްރާހިމް ބަލިކޮށް އުޅުއްވާތާ ދެތިން އަހަރު ވެފައިވާއިރު، އެމަނިކުފާނުގެ ދެ ލޮލުގެ ފެނުން ގެއްލި މަސައްކަތް ނުކުރައްވާތާ ވެސް އަހަރުތަކެއް ވެއްޖެއެވެ. ޑޮކްޓަރުންގެ ލަފާގެ މަތިން 2019 ވަނަ އަހަރު އަދި އަލުން 2023 ވަނަ އަހަރު ވެސް ލޮލުގެ އޮޕަރޭޝަންތަކެއް ކުރެއްވިއެވެ. ނަމަވެސް، އެއްވެސް ކުރިއެރުމެއް ނުލިބި، ދެ ލޮލުގެ ފެނުން އެއްކޮށް ގެއްލިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ލޮލުގެ ފެނުން ގެއްލުމުގެ އިތުރުން ވެސް ޝައިޚަށް ވަނީ ބައެއް ސީރިއަސް ސިއްޙީ މައްސަލަތައް ކުރިމަތިވެފައެވެ. އެގޮތުން ހަށިގަނޑުގައި ޓިއުމަރެއް އުފެދުމުގެ މައްސަލައާއި، ހިތުގެ މައްސަލަތައް ހިމެނެއެވެ. މިކަމުގެ ސަބަބުން އެމަނިކުފާނަށް ބޭނުންވާ ފަރުވާ ރާއްޖެއިން ބޭރުން ހޯދުމަށް ފައިސާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ.

ޝައިޚް މުޙައްމަދު އިބްރާހިމްގެ ފަރުވާއަށް އެހީ ހޯދުމުގެ މަސައްކަތް 'އެހީ ޖަމިއްޔާ' އިން ވަނީ ފަށާފައެވެ. އެ ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކެވި އަޙްމަދު އިޤްބާލް ވިދާޅުވީ، އެ ޖަމިއްޔާގެ ބޭނުމަކީ ޝައިޚަށް ރަނގަޅަށް ފަރުވާ ކުރެވޭނެ ތަނަކަށް ގޮސް ފަރުވާ ހޯއްދަވައި ދިނުން ކަމަށެވެ. އެހެންކަމުން، އެ ޖަމިއްޔާ އިން ވަނީ "އެދިހަ" ނަމުގައި ޝައިޚަށް އެހީވުމަށް ޚާއްޞަ ޕޯޓަލެއް ވެސް ތައްޔާރުކޮށްފައެވެ.

އިޤްބާލް ވިދާޅުވި ގޮތުގައި، ޝައިޚް މުޙައްމަދު އިބްރާހިމްގެ ލޮލުގެ ކަންކަމާއި ހުރިހާ ޓެސްޓުތައް ހެދުމަށް ފުރަތަމަ ދަތުރުގައި އެކަނި ވެސް 20،000 ޑޮލަރު (308،400 ރުފިޔާ) ބޭނުންވާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރޭގައި އެހީތެރިންނާއި ކެއުމާއި ހުރުމުގެ ހަރަދު ވެސް ހިމެނެއެވެ. ފަރުވާއަށް ބޭނުންވާ ފައިސާ ލިބިއްޖެ ނަމަ، ޝައިޚްގެ ލޮލުގެ ފެނުން އަލުން ލިބޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އިޤްބާލް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން