Ads by Farudhun

ޚަބަރު

އިތުރު ދަރަންޏެއް ނުނަގާ ދަރަނި ދައްކައިފިން: މުންދު

އިތުރު ދަރަންޏެއް ނުނަގާ ދަރަނި ދައްކައިފިން: މުންދު

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސެއިން ޝަރީފް. ފޮޓޯ: ފަރުުދުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2026، 01:39

17 ސެޕްޓެމްބަރު 2026، 01:39

ކުރީ ސަރުކާރުން ނަގާފައިވާ ދަރަނި، އިތުރު ދަރަންޏެއް ނުނަގާ ދައްކައި ހަލާސްކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިންޑިއާއަށް ޓީބިލު ވިއްކައިގެން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން އެއްކޮށް ދައްކައި ނިންމުމާ ގުޅިގެންނެވެ.

މުންދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ ޑީފޯލްޓް ވޭތޯ ދުޢާކުރަމުންދިޔަ ފަރާތްތަކަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މެސެޖެއް އެބައޮތް ކަމަށެވެ. އެގޮތުން، "ތިޔަ ބޭފުޅުން ރައްޔިތުންގެ ބޮލުގައި އެޅުވި މި ދަރަނިވެސް ދައްކައިފިން. އިތުރު ދަރަންޏެއް ނުނަގާ ދައްކައިފިން،" ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތެލާއި އަސާސީ ކާބޯތަކެތި ގަތުމަށް ފައިސާ އެބަހުރި ކަމަށާއި، ވެރިކަމުން ފޭބިއިރު ބާކީ އެންމެ 2 މިލިއަން ބެހެއްޓި ބަޔަކު ޔޫޒަބަލް ރިޒާވްގެ ވާހަކަ ދެއްކުން މުނާސަބު ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޓީބިލު ވިއްކައިގެން ނެގި 150 މިލިއަން ޑޮލަރުގެ މި ފެސިލިޓީ ދައްކާފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް މާލީ ވުޒާރާއިން ބުނެއެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ އަދި މެއި މަހު 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، ބާކީ އޮތް 50 މިލިއަން ޑޮލަރު މިއަދު ދައްކައި މުޅި ދަރަނި ވަނީ އެއްކޮށް ހަލާސްކޮށްފައެވެ.

ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ސަރުކާރުން އަރުވައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޮގަސްޓު 2024 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ.

މާލީ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމާއި ދަރަނި ދެއްކުމަށް ދުރާލައި ރޭވުންތެރިކަމާއެކު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެކުވެރި ގައުމުތަކާއެކު ކުރިއަށްދާ މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބަޔާންކޮށްފައިވެއެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450