Ads by Stelco

ޚަބަރު

ހުޅުދުއްފާރު ޕޮލިސް ޕޯސްޓަށް ގެއްލުންދީ، ވަޅިން ބިރުދައްކައި ރަށުން ކަރަންޓު ކަނޑާލި މީހަކު ހައްޔަރުކޮށްފި

ހުޅުދުއްފާރު ޕޮލިސް ޕޯސްޓަށް ގެއްލުންދީ، ވަޅިން ބިރުދައްކައި ރަށުން ކަރަންޓު ކަނޑާލި މީހަކު ހައްޔަރުކޮށްފި

ހުޅުދުއްފާރު މަގެއް/ފޮޓޯ: ދެން އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 ޑިސެމްބަރު 2025، 07:01

15 ޑިސެމްބަރު 2025، 07:01

ރ. ހުޅުދުއްފާރު ޕޮލިސް ޕޯސްޓަށް ވަދެ އެތަނަށް ގެއްލުންދީ، ވަޅިން ބިރުދައްކައިގެން ރަށުގެ ކަރަންޓު ކަނޑާލި މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ މީހާ މިއަދުގެ ވަގުތެއްގައި ތޫނު ހަތިޔާރެއް ބޭނުންކޮށްގެން އެ ރަށު ޕޮލިސް ޕޯސްޓަށް ވަދެ، އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ، އެ ރަށު ސްކޫލަށް ވަދެ ސްކޫލުގައި ހުންނަ ދިދަ ކަނޑާލާފައިވާ ކަމަށެވެ. ހަމަ އެހެންމެ، އެ ރަށުގެ ފެނަކަ އިމާރާތަށް ވަދެ، އެ ތަނުގެ ދިދަ ކަނޑާލައި ރަށުން ކަރަންޓް ކަނޑާލި މައްސަލައާ ގުޅިގެން 31 އަހަރުގެ އެ ފިިރިހެން މީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން